ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2026/227
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 29 އޭޕްރިލް 2026 23:59
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގެ ފަރާތުން 2026 ޖުލައި 26 އިން 29 އަށް ލ.އަތޮޅުގެ 6 ރަށެއްގައި ކުރިއަށްގެންދާ ތަމްރީނުތަކާގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ތަމްރީނުތަކެއް 2026 ޖުލައި 26 އިން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް، ތިރީގައި މިދަންނަވާ ސަރަހައްދު ތަކުގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވެ، އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުން ނުވާނެގޮތަށް ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

1- ލ. މާބައިދޫ

2- ލ. މުންޑޫ

3- ލ. އުވަދެވިފުށި

4- ލ. ކަޅައިދޫ

5- ލ. މަހާކަންފުށި

6- ލ. ބަރެސްދޫ

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

 

21 ޖުލައި 2026