ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިއްދޫ
ދިވެހިރާއްޖެ.
އިޢުލާން
ކޯޓަށް ޙާޟިރުވުމަށް:
ހއ.ކެލާ ސަވާ އިނާޔަތު ރަޝީދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A288292) އަކީ މިކޯޓަށް ހުށަހެޅި ބަލަމުންގެންދާ ނަންބަރު 76/A10C/2025 (ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މައްސަލަ) ޤަޟިއްޔާއާއި ގުޅިގެން، މިކޯޓަށް ޙާޟިރުކުރަން ބޭނުންވެ،ކޯޓަށް ޙާޟިރުކުރެވިފައިނުވާ ފަރާތެކެވެ.
ވީމާ 09 އޮގަސްޓް 2026 މި ދުވަހުގެ 10:00 އަށް ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓަށް ޙާޟިރުވުމަށް ހއ.ކެލާ ސަވާ އިނާޔަތު ރަޝީދުއަށް އަންގަމެވެ.އަދި މިދެންނެވި ތާރީޚާއި ގަޑިއަށް އިނާޔަތު ރަޝީދު މިކޯޓަށް ހާޟިރުނުވެއްޖެނަމަ، ނުވަތަ އެ ތާރީޚާއި ގަޑިއަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވެފައިނުވާނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީ ކަމަށް ބަލައ،އިނާޔަތު ރަޝީދުގެ ޣައިރު ހާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަންވެސް އަންގަމެވެ.
21 ޖުލައި 2026