ދިވެހިރާއްޖެ
|
Ireland Fellows Programme 2027-2028 |
|
އަޔަލެންޑް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2027-2028" ގައި ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައިއެވެ.
މިޕްރޮގްރާމްއަށް ހުށަހަޅާ ކެންޑިޑޭޓުންގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިޕްރޮގްރާމްއާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު އަޔަލެންޑް ފެލޯސް ޕްރޮގްރާމްގެ ވެބްސައިޓް SIDS Fellowship | Ireland Fellows Programme | Ireland.ie އާއި މި މިނިސްޓްރީގެ ޕޯޓަލް https://kuri.gov.mv އިން ލިބެން ހުންނާނެއެވެ.
މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 26 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ ކުރިން އަޔަލެންޑް ފެލޯސް ޕްރޮގްރާމް ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
............................................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.
* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ. |