ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/48
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 30 އޮގަސްޓް 2026 00:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗާއި، ގޯތިހިމެނޭ މަގުތައް ސާފުކުރުމާއިބެހޭ.

ވޭމަންޑޫއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްތަކެކޭ އެއްގޮތަށް ސާފުތާހިރުކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ސާފުތާހިރު އަދި ރީތި ރަށެއްގެ ގޮތުގައި ދެމިއޮތުމަކީ، ވޭމަންޑޫގެ ކޮންމެ ރައްޔިތެއްގެ އިތުރުން މިކައުންސިލުންވެސް ނުހަނު އިސްކަންދޭ ކަމެއްކަމުގައި ދަންނަވަމެވެ. ނަމަވެސް ރަށުގެ ބައެއް ސަރަޙައްދުތަކުގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތަކާއި އެގޯތިތައް ހިމެނޭ މަގު ސަރަޙައްދު، ވިނަނޮޅައި ސާފުކޮށް ބަލަހައްޓަމުން ނުގެންދާތީވެ، އެފަދަ ގޯތިތަކުގައި ވިނަބޯވެފައިވުމުގެ ސަބަބުން އެ ގޯތިތަކުގެ ވަށައިގެން ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް ނުހަނު ދަތިއުނދަގޫތަކާއި ކުރިމަތި ވަމުންދާ ކަމުގެ ޝަކުވާ މިކައުންސިލަށް ލިބެމުންދާކަންވެސް ފާހަގަކުރަމެވެ. ރަށުގައި ޢާއްމު ދިރިއުޅުމަށް ދަތިވާ މިފަދަ މައްސަލަތަކަށް ޙައްލު ލިބިގެންދާނީ، ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލަށް ލިބިގެން ކަމުގައިވާތީ، އަދި ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލްތަކަށް ފުރިހަމައަށް ޢަމަލުކުރާނެ ބަޔަކަށްވެވިގެން ކަމުގައި ދެކޭތީވެ، އެކަން ފާހަގަކުރަމެވެ.

ވީމާ، ރަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެގޯއްޗެއް ހިމެނޭ މަގު އަދި ގޯތި ސާފުނުކުރާ ފަރާތްތަކުން، 31 އޮގަސްޓް 2026 ވަނަދުވަހުގެ ކުރިން، ސާފުކޮށް ނިންމެވުމަށް ދަންނަވަމެވެ. މި މުއްދަތު ހަމަވުމުން، ސާފުނުކޮށްހުރި ގޯތިތައް ބެލުމަށްފަހު، އެފަދަ ގޯތިތަކާމެދު، ގޯތި ޙަވާލުކުރިކަމުގެ ލިޔުމުގައިވާގޮތަށް ޢަމަލުކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުލައި 2026