ޢާންމު މަޢުލޫމާތު
ނަންބަރު: 579-A/2026/07
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 03 އޮގަސްޓް 2026 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މި ކޯޓްގެ ދޮރާއި ދޮރުފަތްތައް އެލްމެނިއަމް ދޮރުފަތަށް ބަދަލުކުރުމާއި، ފެންލައިޓް ތަކުންފިލާ ނައްޓާ ބިއްލޫރި ފިކްސް ކުރުމާއި ގުޅޭ

މިކޯޓުން ދޭ މަޢުލޫމާތާއެއްގޮތަށް މިކޯޓްގެ ދޮރާއި ދޮރުފަތްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ނަންބަރު 2014/18 ޤާނޫނު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 11:00 ށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 13 އޯގަސްޓް 2026 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6600032 ގުޅުއްވައިގެން ނުވަތަ  [email protected] އީމެއިލްއަށް ސާފުކުރަން ބޭނުންވެލައްވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.

21 ޖުލައި 2026