ދިވެހިރާއްޖެ
މިރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، ރަށުގެ އޮޑިވެރިންނާއި މަޝްވަރާކުރެވި، އެކުލަވާލެވިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބަނދަރު ތަރުތީބުކުރުމުގެ މަސައްކަތް މިއިދާރާއިން ދަނީ ކުރަމުންނެވެ.
މިގޮތުން، ޑިންގީ ފަހަރު އެޅުމަށްޓަކައި ބަނދަރުގެ ދެކުނު ސަރަހައްދު ވަނީ ޚާއްސަކުރެވިފައިއެވެ. ވުމާއިއެކު، ބަނދަރުގައި ހުރި އެންމެހާ ޑިންގީތައް 01 އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހުގެ ކުރިން، ބަނދަރުގެ ދެކުނު ސަރަހައްދަށް ބަދަލުކުރުމަށް، ޑިންގީފަހަރު ގެންގުޅޭ ފަރާތްތަކަށް އަންގާ އިޢުލާނު ކުރަމެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ޑިންގީތައް ބަދަލުނުކޮށްފިނަމަ، އެކުލަވާލެވިފައިވާ އުސޫލުގެ މަތިން ފިޔަވަޅު އެޅޭނެ ވާހަކަވެސް ދެންނެވީމެވެ. ބަނދަރުގެ ރައްކާތެރިކަމާއި އަމާންކަން ހިފެހެއްޓުމަށްޓަކައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.