މަސައްކަތް
ނަންބަރު: (IUL)254/254/2026/49
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 02 އޮގަސްޓް 2026 10:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގެ ލައިޓުތަކަށް ކަރަންޓު ނެގުމަށް ބޭނުން ކުރާ ކަރަންޓު ފޮށި އެހެން ތަނަކަށް ބަދަލުކުރުމާއި މިސްކިތުގެ ފެންމޯޓަރުން ފެން ނެގޭނެ ގޮތަށް ކަރަންޓު ފޮއްޓާއި ގުޅުމާއި ގުޅޭ.

ބަނދަރު ސަރަޙައްދުގެ ލައިޓުތަކަށް ކަރަންޓު ނެގުމަށް ހަރުކޮށްފައިވާ ފޮށި މިހާރު ހުރިގޮތަށް ފޮޓޯސެލް އާއި އެކު މަރިޔަންމާގެ ހުޅަނގު އިމާ ހަމައަށް ބަދަލުކުރުމަށާއި މަސްޖިދުލް ސަލާތީ މިސްކިތުގެ ފެންމޯޓަރުން ފެން ނެގޭ ގޮތަށް ހޮޅި ވަޅުލައިގެން އިސްވެ ދެންނެވުނު ކަރަންޓު ފޮއްޓާ ހަމައަށް ގެނެސް ފެން އިސްކޫރެއް ލުމަށް ބޭނުންވެއެވެ.

                 ވީމާ، މި މަސައްކަތް ކައުންސިލުގެ ތަކެތީގައި ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޮގަސްޓު 2026 ވަނަ ދުވަހުގެ 10:00 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. ބީލަން ފޯމް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ، އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                        ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

21 ޖުލައި 2026