މަސައްކަތް
ނަންބަރު: 947/2026/004-IUL
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 02 އޮގަސްޓް 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ސްކޫލް
ދިވެހިރާއްޖެ
މާޅެންދޫ ސްކޫލްގެ ވަށާފާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ނ.މާޅެންދޫ ސްކޫލްގެ ވަށާފާރު އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.   ވީމާ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 23  ޖުލައި 2026 (ބުރާސްފަތި) ދުވަހުގެ 10:00 ގެ  ކުރިން މިއިޢުލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ނުވަތަ ސުކޫލު އޮފީހަށް  ހުށަހެޅުއްވުމަށް  ދަންނަވަމެވެ. މި އިއުލާނާއި ގުޅިގެން ބިޑްހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ސެޝަން އެއް 23  ޖުލައި 2026 (ބުރާސްފަތި)  ދުވަހުގެ 13:00 ގައި ސުކޫލުގެ އޮފީހުގައި އޮށްނާނެއެވެ. މިއިއުލާނާއި ގުޅޭ ފޯމްތަކާއި އަދި މައުލޫމާތު ކަރުދާސްތައް މި އިއުލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 02 އޮގަސްޓް  2026 ވާ އާދީއްތަ  ދުވަހުގެ 13:00ގައި މި ސުކޫލުގެ އޮފީހުގައެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.                  

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މި ބިޑަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި އިޢުލާނަށް އެއްފަރާތަކުން ކުރިމަތިލީ ކަމުގައިވީނަމަވެސް ޝަރުތު ހަމަވާކަމުގައި ވާނަމަ އެފަރާތަކާ އެމަސައްކަތް ހަވާލްކުރެވޭނެ ކަމުގައިދަންނަވަމެވެ. އިތުރު މަޢްލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިސްކޫލްގެ ނަންބަރ 6560575 ފޯނަށް ގުޅުއްވުން އެދެމެވެ.މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢްލާން ކުރީމެވެ.

 

20 ޖުލައި 2026