ދިވެހިރާއްޖެ
ޤަވާއިދު ނަންބަރ 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގެ ދަށުން އިސްރަށްވެހިންނަށް ޚާއްސަ އުސޫލުން ދޫކުރާ ލައިސަންސަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ލައިސަންސަށް ހުށަހެޅުމުގެ ޝަރުތުތަކަކީ:
- އުމުރުން 60 އަހަރުވުން.
- ޤަވާއިދު ނަންބަރ 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގެ 7 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފައިވުން.
(މި އިދާރާއިން ހިންގާ 04 ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރާ ފަރާތްތަކަށް 60 ސީސީ އިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕްފަދަ އުޅަނދުފަހަރު، ދުއްވުމުގެ ލައިސަންސެއް ދޫކުރެވޭނެއެވެ. މި ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ، އެލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައެވެ. މި ލައިސަންސް ނެގުމަށްޓަކައި 60 އަހަރުންމަތީ ޢުމުރުގެ ފަރާތްތަކުން، 2026 ޖުލައި 30 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން މި އިދާރާއަށް -/250 ރުފިޔާ ދެއްކުމުން، ޓްރޭނިންގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.)
ވީމާ، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރާ ޚާއްޞަ ލައިސަންސް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 2026 ޖުލައި 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މާކުރަތު ކައުންސިލް އިދާރާއަށް ފުރިހަމަކޮށްފައިވާ ފޯމު ހުށައެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.