ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)409/409/2026/40
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި:
30 ޖުލައި 2026 20:30
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ޖުލައި މަހު ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 110 ވަނަ މާއްދާގެ ދަށުން ލާޒިމްކުރާ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ގއ. ނިލަންދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ނިލަންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.
ބައްދަލުވުމުގެ އެޖެންޑާ:
- ފާއިތުވެދިޔަ 6 މަސް ދުވަހުގެ ހުލާޞާ ރިޕޯޓް ހުށަހެޅުން.
- މިއަހަރުގެ ކުރިޔަށް އޮތް 6 މަސް ދުވަހުގެ ކައުންސިލުން ކުރުމަށް ރާވާފައިވާ ކަންކަން
- 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން
- ރައްޔިތުންގެ ސުވާލާއި ޖަވާބު
20 ޖުލައި 2026