|
އިޢުލާނު
|
|
މަޤާމު:
|
ސީނިއަރ ކައުންސިލް އޮފިސަރ
|
|
މަޤާމުގެ ނަންބަރު:
|
J-423263
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
-
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
|
|
މުސާރަ:
|
އަސާސީ މުސާރަ މަހަކު 9845.00ރ (ނުވަހާސް އަށްސަތޭކަ ސާޅީސް ފަސް ރުފިޔާ)
|
|
މަޤާމުގެ އެލަވަންސް:
|
މަހަކު 4,595.00ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ނުވަދިހަ ފަސް ރުފިޔާ)- 1 ވަނަ ހަރުފަތުގެ މިންވަރު
|
|
ޙާޟިރީ އިނާޔަތް:
|
ޙާޟިރުވާ ކޮންމެ ދުވަހަށް 125.00ރުފިޔާ (އެއްސަތޭކަ ފަންސަވީސް ރުފިޔާ)
|
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ހަމަޖެހިފައިވާ އުސޫލުން ކޮންމެ ރަމަޟާން މަހެއްގައި ރަމަޟާން އެލަވެންސް.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކެރެޓަރީޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުންކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކެރެޓަރީޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުސާދުގެ މަތިން ކުރުން.
- މާލީޔަތާ ގުޅޭ ގަވައިދުތަކާއި ގާނޫނު ތަކާއި އެއްގޮތައް އިދާރާ އަށް އެންމެ ފައިދާވާނޭގޮތައް، މުދަލާއި ޚިދުމަތް ހޯދުމުގެގައި، އެކަށީގެންވާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ހޮވުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
- ސަޕްލަޔަރުންގެ މަސައްކަތުގެ ފެންވަރު ރަނގަޅަށް ވަޒަންކުރުމަށްޓަކައި އެކަށީގެންވާ 'ސަރވިސް ލެވެލް އެގްރީމެންޓް (SLA) އެކުލަވައިލުމާއި، ގަވާއިދުން އެކަމުގެ ރިޕޯޓް ތައްޔާރުކުރުން.
- މުދަލާއި ޚިދުމަތަށް ބޭނުންވާ މިންވަރާއި، ފެންވަރާއި، އަދި ތަކެތި ފޯރުކޮށްދޭންޖެހޭ ވަގުތުތައް ދެނެގަތުމަށްޓަކައި އިދާރާގެ އެކި ދާއިރާތަކާ (ހެޑް އޮފް ސްޓަރފްސް ނުވަތަ އޮޕަރޭޝަންސް ސްޓާފުން) ގުޅިގެން މަސައްކަތްކުރުން.
- ތަކެއްޗަށް އޯޑަރު ދޭންޖެހޭ ވަގުތުތައް ކަނޑައެޅުމާއި، ލިބެންހުރި ތަކެއްޗާއި ބޭނުންވާ މިންވަރު އެއްހަމަކުރުމާއި، ހުސްވާ ތަކެތި އަލުން ހޯދުމާއި، އަދި ސަޕްލަޔަރުންގެ މަސައްކަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލުން.
- ކަނޑައެޅިފައިވާ 'ސަރވިސް ލެވެލް އެގްރީމެންޓް' އާ އެއްގޮތަށް، ސަޕްލަޔަރުންގެ މަސައްކަތްތައް މެދުނުކެނޑި މޮނިޓަރކޮށް، ވަޒަންކޮށް، އަދި އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރުން.
- ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ޚަރަދުތައް ބަލަހައްޓައި ކޮންޓްރޯލްކުރުން.
- މުދަލާއި ޚިދުމަތް ހޯދާނެ ހަރުދަނާ އުސޫލުތަކާއި އިސްތިރާޖީތައް އެކުލަވައިލުން.
- ޚަރަދު ކުޑަކުރެވޭނެ ގޮތްތަކަށް ބަޖެޓް ރޭވުމާއި އެކަމަށް އަމާޒުތަކެއް ކަނޑައެޅުން.
- ސަޕްލަޔަރުންގެ ފެންވަރު ކަށަވަރުކުރުމަށާއި (Accreditation) ޚިދުމަތްތައް ބެލެހެއްޓުމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅައި ރޭވުން.
- ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރުމާއި، އެކަންކަން އެންމެ އެދެވޭ ގޮތެއްގައި މެނޭޖްކުރުން.
- ސަޕްލަޔަރުންނާއެކު ވެފައިވާ އެއްބަސްވުންތައް ދަމަހައްޓައި ބެލެހެއްޓުން.
- އިންވެންޓްރީގައި ހުރި ތަކެތި މާލީޔަތާ ގުޅޭ ގަވައިދުތަކާއި ގާނޫނު ތަކާއި އެއްގޮތައް ބަލައި ޗެކްކުރުމާއި، އަދާހަމަކުރުން.
- އެކި ޑިޕާޓްމަންޓްތަކުން ފޮނުވާ އޯޑަރުތައް ބަލައިގަތުން.
- އޯޑަރުތައް ދިނުމާއި، އެ ތަކެތި ލިބެންދެން ކުރަންޖެހޭ ކަންކަން ފޮލޯއަޕްކޮށް ބެލެހެއްޓުން.
- އޯޑަރުކުރި ތަކެތި ބަލައިގަތުމާއި، އޭގެ ފެންވަރު ބަލައި ޗެކްކުރުމާއި، އަދި ކަމާބެހޭ ފަރާތްތަކަށް އެ ތަކެތި ފޯރުކޮށްދިނުން.
- މުދާ ފޯރުކޮށްދިނުމުގައި ދިމާވާ ތަފާތުތައް ނުވަތަ މައްސަލަތައް ބަލައި އެކަންކަން ހައްލުކުރުން.
- މުދާ ލިބެންޖެހޭ ވަގުތަށް ލިބޭކަން ކަށަވަރުކުރުމަށްޓަކައި، ޑެލިވަރީ ކުރާ ވަގުތުތައް މޮނިޓަރކުރުން.
- މުދަލުގައިއިންވެންޓްރީ ކޯޑު ޖަހައި، އެސެޓް ރަޖިސްޓްރީ އަދާހަމަކުރުން.
- އަހަރަކު އެއްފަހަރު މުދަލުގެ އިންވެންޓްރީ އަދި ސްޓޮކް ބަލައި ޗެކްކުރުން.
- މުދާ ފޯރުކޮށްދޭ ފަރާތްތަކަށް (ވެންޑަރުންނަށް) ދައްކަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ ވަގުތަށް ދެއްކުމަށްޓަކައި ހުށަހެޅުން.
- ކައުންސިލް އިދާރައަށް މުދަލާއި ހިދުމަތް ހޯދާ ފަރާތްތައް (ވެންޑަރ) ރެޖިސްޓީކޮށް ގަވައިދުން އަދާކުރަމުން ގެންދިއުން.
- ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި، ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުން.
- ތަކެތި ކުއްޔަށް ހިފުމާއި ނުވަތަ ގަތުމާ ގުޅޭ ސިޔާސަތުތައް ވަޒަންކޮށް، މާލީޔަތާ ގުޅޭ ގަވައިދުތަކާއި ގާނޫނު ތަކާއި އެއްގޮތައް އިދާރާ އަށް އެންމެ ފައިދާވާނޭގޮތައް ލަފާދިނުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ ޝަރުތުރައް
- މަޤާމުގެ މަސައްކަތާއި ގުޅުންހުރިދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
- އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް.
މަޤާމުގެ ތައުލީމީ ރޮނގުތައް:
- އެކައުންޓިންގ
- އެޑްމިނިސްޓްރޭޝަން
- އެގްރިކަލްޗަރަލް ސައިންސް
- އެންތްރޯޕޮލޮޖީ
- އާކިޓެކްޗަރ
- ބިޒްނަސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ސިވިލް އިންޖިނިއަރިންގ
- ކޮމާރސް
- ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
- ކޮމްޕިއުޓަރ ސައިންސް
- ކައުންސިލް އެޑްމިނިސްޓްރޭޝަން
- ކަލްޗަރ އެންޑް ހެރިޓޭޖް
- ޑިމޮގްރަފީ
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- ދިވެހި ލެންގްއޭޖް
- އިކޮނޮމިކްސް
- އެޑިއުކޭޝަން
- އެންވަޔަރަންމަންޓަލް ސައިންސް
- ފައިނޭންސް
- ގަވަރނަންސް
- ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
- ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް
- ހިއުމަން ރިސޯސް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އިންޓަނޭޝަނަލް ރިލޭޝަންސް
- ލޯ
- ލީޑަރޝިޕް
- ލައިބްރަރީ ސައިންސް
- ލޯކަލް ގަވަރނަންސް
- މެނޭޖްމަންޓް
- މެރީން ސައިންސް
- މާކެޓިންގ
- އޮފީސް އެޑްމިނިސްޓްރޭޝަން
- ޕޮލިސީ ސްޓަޑީޒް
- ޕޮލިޓިކަލް ސައިންސް
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް މެނޭޖްމަންޓް
- ޕަބްލިކް ޕޮލިސީ
- ޕަބްލިކް ރިލޭޝަންސް
- ރިލިޖަސް ސަރވިސަސް
- ޝަރީޢާ އެންޑް ލޯ
- ސޯޝަލް ސައިންސް
- ސޯޝަލް ވޯރކް
- ސޯޝިއޮލޮޖީ
- ސްޕޯޓްސް މެނޭޖްމަންޓް
- ސްޓެޓިސްޓިކްސް
- ސްޓްރަކްޗަރަލް އިންޖިނިއަރިންގ
- ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް
- އަރބަން ޕްލޭނިންގ
- އާބަން ސްޓަޑީޒް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުތު ހަމަވުން 30%
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް 5%
ކޯ ނުވަތަ ޕްރިފާޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް 5%
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ 5%
އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) 20%
އިންޓަވިއު 35%
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލެބޭނަމައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޯގަސްޓް 2026 ވާ ބުދަދުވަހުގެ ގެ 14:00 ގެ ކުރިން، ވޭވަށު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 07 އޯގަސްޓް 2026 ން 22 އޯގަސްޓް 2026 އާ ދެމެދު، ވޭވަށު ކައުންސިލް އިދާރާގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720035 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|