ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)456-ESMSC/456/2026/25
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:51
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫގެ އިޖްތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ ތިންވަނަ އިޢުލާން

ކޮންޓްރެކްޓް އުސޫލުން މިރަށުގެ އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ކުރެވުނު އިއުލާން ނަންބަރ (IUL)456-ESMSC/456/2026/14  އިއުލާނާއި ގުޅިގެން ބިޑް ކާމިޔާބު ކުރި ފަރާތުން ބިޑް ކެންސަލްކޮށްފައިވާތީ ތިންވަނަ ފަހަރަށް އިއުލާން ކުރަމެވެ. އެހެންކަމުން 2 އަހަރުދުވަހުގެ މުއްދަތައް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ.

                       ބިޑުއިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލު:

އަގު

ޖަމިއްޔާ/ޖަމާއަތެއްނަމަ

ޖުމްލަ ޕޮއިންޓް

75

25

100

 

                       ބިޑު ކާމިޔާބުކުރާފަރާތަކީ މި އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެއެވެ. އަދި ހުށައަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6800730 ފޯނާ ގުޅުއްވުން އެދެމެވެ.

20 ޖުލައި 2026