ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AS/101/2026/9
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 20 އޮގަސްޓް 2026 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ރަށް އަދި ސިޓީ ކައުންސިލްތަކުގެ ދާއިރާގައި ކައުންސިލްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ކައުންސިލުތަކަށް އެ ރަށެއް ނުވަތަ ސިޓީއަކުން މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ ގޮތުން، ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ރަށް އަދި ސިޓީ ކައުންސިލުތަކަށް އަމިއްލަ ފަރުދުންގެ ދާއިރާއިން ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެފަރާތެއްގެ ދާއިމީ އެޑްރެސް ނިސްބަތްވާ ރަށް ނުވަތަ ސިޓީއެއްގެ ކައުންސިލާއި ގުޅިގެން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެގޮތުން ރަށް އަދި ސިޓީ ކައުންސިލްތަކުގެ ދާއިރާއިން މައުރަޒުގައި ބައިވެރިވާ ކައުންސިލުތަކަށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި އުފެއްދުންތައް ބައިވެރިކުރުމުގެ އުސޫލަށް ގެނެވޭ 1 ވަނަ އިޞްލާހާއި އެއްގޮތަށް، ކައުންސިލުތަކުން އަމިއްލަގޮތުން އަދި ކައުންސިލުތަކާއި ގުޅިގެން ބައިވެރިކޮށްފައިވާ އުފެއްދުންތަކަށް ލިބޭ މާކްސްއަށް ބަލައި،  1 ވަނަ، 2 ވަނަ އަދި 3 ވަނަ ކައުންސިލްއަށް ވަނަ ލިބިގެން ދާނެއެވެ.

ވީމާ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ރަށް އަދި ސިޓީތަކުގެ ދާއިރާއިން މައުރަޒުގައި ބައިވެރިވުމަށް އެދޭ ކައުންސިލުތަކުން ތިރީގައިވާ ވެބްސައިޓް މެދުވެރިކޮށް 31 އޮގަސްޓް 2026 ގެ ކުރިން މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުން އެދެމެވެ.

ވެބްސައިޓް:www.expo.mv

އިތުރު މަޢުލޫމާތު ހޯއްދެވުމަށް[email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ،  3330601އަށް ގުޅުއްވުން އެދެމެވެ.

20 ޖުލައި 2026