ދިވެހިރާއްޖެ
ވޭމަންޑޫ އަތަމާގޭ ގޯތީގެ ހުޅަނގުން، ނިވްލައިފް ގޯތީގެ ދެކުނުން، ނިކަގަސްހިނގުމުގެ އިރުން، ނިކަގަސްމަގުގެ އުތުރުން އޮތްބިމުގައި އެކަމަޑޭޝަން ޢިމާރާތެއް ކުރަންބޭނުންވެ، އެބިން ސާފުކުރަން ބޭނުންވާތީ، އެބިމުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހާއި ތަކެތި އެބިމުން ނަގައި ސާފުކުރުމަށް ބޭނުންވެއެވެ. މިގޮތުން ބިމުގައިހުރި ރުއްގަހުގައި ވާނީ ނަންބަރު ޖަހާފައެވެ.
ވީމާ، އެބިމުގައިހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނަންގަވައި، އަދި ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 02 އޮގަސްޓު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން އެ ރުއްގަސްތައް 04 އޮގަސްޓު 2026 ވާ އަންގާރަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް ބުނެވިދިޔަ ބިމުގައި އިންދާފައި ހުރި ރުއްގަސްތަކާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.