ތަމްރީނު
ނަންބަރު: (IUL)22-HE/22/2026/137
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 31 ޖުލައި 2026 00:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Scholarship India 2026 Marwadi University, Gujrat, India

Scholarship India 2026

Marwadi University, Gujrat, India

 

އިންޑިއާގެ ގުޖަރާތުގެ މަރްވާޑީ ޔުނިވަރސިޓީގެ ފަރާތުން ދިވެހި ދަރިވަރުންނަށް ޚާއްޞަކޮށް "ސްކޮލަރޝިޕް އިންޑިއާ 2026"ގެ ނަމުގައި  އަލަށް ހުޅުވާލި  ސްކޮލަޝިޕްގެ އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޑުއޭޓްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

މިސްކޮލަރޝިޕް ދަށުން ކުރާ ޚަރަދުތަކުގެ ތަފްސީލް މި މިނިސްޓްރީގެ ޕޯޓަލްއަށް އަޕްލޯޑް ކުރެވިފައިވާ މަޢުލޫމާތު ޝީޓްއިން ލިބެން ހުންނާނެވެ. މި ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.

މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތު އަދި އެޕްލިކޭޝަން ހުށަހަޅަންޖެހޭގޮތުގެ ތަފްޞީލް  ލިންކް  http://bit.ly/indiascholarship2026mv އަދި މި މިނިސްޓްރީގެ ޕޯޓަލް https://kuri.gov.mv  އިން ލިބެން ހުންނާނެއެވެ. ވީމާ، މި ފުރުޞަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖުލައި 2026  ވާ ހުކުރު ދުވަހުގެ ނިޔަލަށް، އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އީމެއިލް:  [email protected]    
މޯބައިލް:  +62 8159947794 / +91 9535858737    
އޮންލައިން ލިންކް:  Bitly | bit.ly/4bFcOr0

................................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

20 ޖުލައި 2026