ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2026/31
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 08:38
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ގެ ބޭނުންކުހިފުމާއި ގުޅޭ

މިރަށު ބަނދަރު ބޭނުންކުރުމުގައި އަމަލްކުރެވޭނެ ގޮތުގެ އުޞޫލް މިކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ އާންމު ބައްދަލުވުމުން ވަނީ ފާސްކުރައްވާފައެވެ.  އަދި މި އުޞޫލް 19 ޖުލައި 2026 ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވިފައެވެ.  

19 ޖުލައި 2026 ދުވަހުންފެށިގެން މިރަށު ބަނަދަރު ބޭނުންކުރާ ފަރާތްތަކުން މިއުޞޫލަށް އަމަލްކުރުމަށް އަންގަމެވެ.

މި އުޞޫލަށް އަމަލްކުރަން ފެށުމުގެ ކުރިން ބަނދަރުގެ އެކި ސަރަހައްދުދަތުގައި މި އުޞޫލާ ހިލާފަށް ބަހައްޓަފައިވާ އެންމެހާތަކެތި 28 ޖުލައި 2026 ވާ އަންގާރަދުވަހުގެ ނިޔަލަށް ނަގާ ސާފުކުރުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުނަގާ ބަނދަރުމަތީގައި ބަހައްޓަފައި ހުންނަ އެންމެހާ ތަކެތި މިކައުންސިލުން ނަގާ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންގެންދާނެ ވާހަކަ ދަންނަވަމެވެ. މިގޮތަށް ހުންނަ ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުނަގާނެ ވާހަކަވެސް އަންގަމެވެ.

މި އިޢުލާނާ އެއް ހީރަސްކޮށް ބަނދަރު ބޭނުންކުރުމުގެ އުޞޫލު ހިއްސާކުރީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ. 

20 ޖުލައި 2026