މަސައްކަތް
ނަންބަރު: (IUL)113-PD/1/2026/77
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 16:49
ސުންގަޑި: 22 ޖުލައި 2026 13:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީ ކުރެވިފައިވާ އެމް.ޕީ.އެލް ހިޔާ ފްލެޓްތަކުގެ ކޮންޑިޝަން އެސެސްމަންޓް ހަދާނެ ފަރާތެއް ހޯދުމާއި ގުޅޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އެމް.ޕީ.އެލް ހިޔާ ފްލެޓްތަކުގެ ކޮންޑިޝަން އެސެސްމަންޓް ހަދައިދޭނެ ފަންނީ ޤާބިލު ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާނާއި ގުޅިގެން ބިޑަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ ޢިއުލާން ނަންބަރ. (IUL)113-PD/1/2026/59 ބާތިލުކޮށް އަލުން ޢިއުލާނު ކުރީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވަލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ރެޖިސްޓްރޭޝަން

22 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފުރިހަމަ ކުރަންވާނެއެވެ.

2.

މަޢުލޫމާތު ސާފުކުރުން

 

ބިޑާއި ގުޅޭ ޕްރީ- ބިޑް ސެޝަން 28 ޖުލައި 2026 ވަނަ ދުވަހުގެ 11:00 ގައި އެމް.ޕީ.އެލް ހެޑް އޮފީހުގައި އޮންނާނެއެވެ. ބިޑަށް ރެޖިސްޓަރވާ ފަރާތްތަކުން ޕްރީ-ބިޑް ސެޝަންގައި ބައިވެރިވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 28 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުއްވައި ދެއްވުން އެދެމެވެ.

(ބިޑުގައި ރަޖިސްޓަރވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ.)

3.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

30 ޖުލައި 2026 ވަނަ ދުވަހުގެ 14:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

(ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

4.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3039256 އަށެވެ.

19 ޖުލައި 2026