މަސައްކަތް
ނަންބަރު: MNU-CA-PAMD/2026/96
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 05 އޮގަސްޓް 2026 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލ. ގަން ކެމްޕަސް 2 ގައި އެކޮމޮޑޭޝަން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ލ. ގަން ކެމްޕަސް2  ގައި އެކޮމޮޑޭޝަން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު MNU-CA-PAMD/2026/66 އިޢުލާނަށް ހުށަހަޅާފައިވާ ބީލަން އިވެލުއޭޝަން މަރުޙަލާއިން ޑިސްކޮލިފައިވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރުމަށް ނިންމީމެވެ. ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަމުގެ އަގު 500،000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތިވާނަމަ، މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ބީލަމުގެ އަގަށް ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
  4. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 22 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގައި އޮންލައިންކޮށެވެ. ގޫގުލް މީޓް ލިންކު ސެކްޝަން 2 ގައި ބަޔާންކޮށްފައިވާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 05 އޮގަސްޓު 2026 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

މަސައްކަތާ ގުޅޭ މަޢުލޫމާތެއްނަމަ:

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ޕްރޮޖްކްޓްސް ޑިޕާޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345190

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345110, 3345148، 3345109، 3345111

އީ-މެއިލް: [email protected]

19 ޖުލައި 2026