ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)250/250/2026/32
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:21
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.ވަށަފަރު ކުރީގެ ރަސްމީ ފާލަމާއި ގުޅޭ
މި ރަށުގެ ފާލަން މިހާރު ވަރަށް ބޮޑަށް ބައުވެ، އޭގެ އޮނިގަނޑަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވުމުގެ ސަބަބުން، އެ ފާލަމަކީ ކަނޑު އުޅަނދުފަހަރު ގާތްކުރުމަށާއި، މީހުން އަރާފޭބުމަށް މިވަގުތު ރައްކާތެރި ތަނެއް ނޫންކަމުގައި ދަންނަވަމެވެ.
ވީމާ، ރަށަށް ޒިޔާރަތްކުރާ މެހެމާނުންނާއި، ރަށުގެ ލޮބުވެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ފާލަން ބޭނުން ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި އެ ސަރަހައްދުން އަރާފޭބުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް އެންމެހައި ފަރާތްތަކުގެ ކިބައިން އިލްތިމާސްކުރަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޖުލައި 2026