ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންނަށް މައުލޫމާތުދިނުމުގެ ބައްދަލުވުން 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކިހާދޫ ސުކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް މައުރޫފް ޒާކިރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވާ ރައްޔިތުންގެ ތެރެއިން 1 ފަރާތަކަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރުގެ ފަރާތުން ދެއްވާ ޢުމުރާ ދަތުރުގެ ކޫޕަން ފުރުން އޮންނާނެއެވެ.
ބައްދަލުވުމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންކަން.
- 2026 ވަނަ އަހަރުގެ ފުރަތަމަ 06 މަސް ދުވަހު ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުން.
- ކައުންސިލުން 2026 ވަނަ އަހަރު ކުރިޔަށް ރޭވިފައިވާ ހަރަކާތްތައް އަދި 2027 ވަނަ އަހަރު ހިންގުމަށް ގަސްތުކުރާ ހަރަކާތްތަކުގެ މައުލޫމާތު ޙިއްސާކުރުން.
- ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވުން.
- ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރ އަލްފާޟިލް މަޢުރޫފް ޒާކިރް ވާހަކަފުޅު ދެއްކެވުން.
- ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލުން.
ވީމާ، އެންމެހާ ރައްޔިތުންނަށް މިބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓް އާންމުކޮށް ފެންނާނެހެން ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕުގައި އަދި ދިވެހި ސަރުކާރު ގެޒެޓްގައި އާއްމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.