|
މަގާމުގެ ގިންތި:
|
ވަގުތީ
|
|
މުއްދަތު:
|
1 (އެކެއް) އަހަރު
|
|
މަގާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭންކު 7 – ސްޓެޕް 2
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
|
ޑިޕާޓްމަންޓް
|
ކޯޕަރޭޓް އެފެއާޒް / އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓް
|
|
މުސާރަ:
|
މަހަކު 10،430.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
މަހަކު 5،595.00 ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
-/130 ރުފިޔާ (ހާޟިރުވާ ކޮންމެ ދުވަހަކަށް)
|
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ދަޢުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމާއި ބެލެހެއްޓުން.
- އޮފީހުގެ ކޮންޕިޔުޓަރުތަކަށާއި ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކުރުން .
- އޮފީހުގެ އެތެރޭގެ ވިޔުގަތަކާއި، އޮންލައިން ޕޯޓަލްއާއި، ސަރވަރ އަދި އެހެނިހެން ވިޔުގަތަކުގެ ބެކްއަޕް ނެގުމުގެ އިތުރުން ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ހައްލުކުރުން.
- އޮފީހުގެ މަސައްކަތަށް ބޭނުންވާ ސޮފްޓްވެއަރ ހޯދުމާއި، ސޮފްޓްވެއަރ ލައިސަންސް އާ ކުރުމުގެ މަސައްކަތް ބެލެހެއްޓުން.
- މޯލްޑިވްސް ޑިޖިޓަލް ސަރވިސްއާ ގުޅިގެން އޮފީހުގައި ކުރަންޖެހޭ މަސައްކަތް ހިންގާ ބެލެހެއްޓުން.
- އޮފީހުގެ މަސައްކަތް ހަރުދަނާ ކުރުމާއި މޮޑަނައިޒް ކުރުމަށް ބޭނުންވާ އައިޓީ ރިކުއަރމަންޓް ދެނެގަތުމާއި އެފަދަ މަސައްކަތްތަކަށް ބޭނުންވާ ސިސްޓަމްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރުން.
- އޮފީހުގެ ކޮންޕިޔުޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ބޭނުންވާ އެންޓިވައިރަހާއި އެހެނިހެން ސޮފްޓްވެއަރ އިންސްޓޯލްކޮށް އަދާހަމަކޮށް ބެލެހެއްޓުން.
- އޮފީހާއި އައިޓީ ދާއިރާއިން ގުޅުން ހުރި ޕޮލިސީ އަދި ޕްރޮސީޖަރ ތައްޔާރުކުރުން.
- އޮފީހުގެ ފަރާތުން ބާއްވާ އެކިއެކި ހަރަކާތްތަކަށް އަޑު، ލެޕްޓޮޕް އަދި ޕްރޮޖެކްޓަރ ފަދަ އާލަތްތައް ބޭނުންވެއްޖެ ހިނދެއްގައި ތައްޔާރުކޮށް އެކަން ބެލެހެއްޓުން.
- އައި.ޓީއަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ބެނުންވާ ރިކުއަމަންޓް ތައްޔާރުކުރުމާއި ކޯޓޭޝަން ހޯދުމުގައި އެހީތެރިވުމާއި އައި.ޓީ އާބެހޭ ބިޑްތައް އިވަލުއޭޓް ކުރުމުގައި ޓެކްނިކަލް ސަޕޯޓް ދިނުން.
- ފޯނާއި އިންޓަރނެޓް ސަރވިސް ދޭ ފަރާތާ އެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
- . އޮފީހުގެ ވެބްސައިޓުގެ މެއިންޓަނަންސް މަސައްކަތް އަދި ކޮންޓެންޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން.
- އޮފީހުގައި ބޭއްވޭ އަޑުއެހުންތައް ލައިވް ސްޓްރީމް ކުރުން.
- އޮފީހުގެ މީސްމީޑިއާ ޕްލެޓްފޯމުތަކުގެ ކޮންޓެންޓް ތައްޔާރު ކުރުމާއި އަދާހަމަ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- މީގެ އިތުރުންވެސް އައި.ސީ.ޓީ ސެކްޝަނާ ގުޅުންހުރި އެކިއެކި މަސައްކަތްތައްކުރުން.
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
ތަޢުލީމީ ދާއިރާ:
|
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ
- ނެޓްވަރކިންގ
- ޕްރޮގްރާމިންގ
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ވެބް ޑިވެލޮޕްމަންޓް
- ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން
- ކޮމްފިއުޓަރ ސައިންސް
- ކޮމްފިއުޓަރ ހާޑްވެއަރ ޓެކްނޮލޮޖީ
- ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޮލޮޖީ
- ޑޭޓާ ޕަރޮސެސިންގ ޓެކްނޮލޮޖީ
- ސޮފްޓްވެއަރ އިންޖިނިއަރިންގ
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ / ތަޖުރިބާގެ ލިޔުން
|
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާގޮތް:
|
02 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް [email protected] އަށެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ.
މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.
މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.
|