ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS86/2026/18
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 28 ޖުލައި 2026 12:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ސަޕޯޓް އެސިސްޓެންޓް ގްރޭޑް 1

އިޢުލާނު

 

މަޤާމު:

ސްކޫލް ސަޕޯޓް އެސިސްޓެންޓް ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-427227

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް  1 - ސްޓެޕް 1

ކްލެސިފިކޭޝަން

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތުރާކުނު ސްކޫލް، ހއ. ތުރާކުނު

މުސާރަ:

މަހަކު -/7،700 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު -/2310 ރުފިޔާ

ހާޒިރީ އިނާޔަތް:

-/60 ރުފިޔާ (ހާޒިރުވާ ދުވަހަކަށް )

އެހެނިހެން އެލަވަންސް:

* ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

* ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 1.     ދުވާލަކު އެއްފަހަރު ކުރަންޖެހޭ ކަންތައްތައް

1.1          ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީ ކުރުން.

1.2          ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ ގޮނޑިތަކާއި ޑެސްކުތައް ފޮޅައި ސާފުކޮށް ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ ކުރަހާފައިވާ ތަކެތި ސާފުކުރުން އަދި ކްލާސްރޫމްތައް މޮޕް  އަޅާ  ސާފު ކުރުން

1.3          ގޯތިތެރެއާއި މަގުމަތީން ޙަވާލުކުރެވިފައިވާ ސަރަޙައްދުގެ ކުނިނަގާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.

1.4          ކުލާސްރޫމްތަކުގެ އިތުރުން ޙަވާލުކުރެވޭ އެހެނިހެން އިމާރާތްތަކާއި އެތަންތާގެ އެތެރޭގައި ހިމެނޭ އެންމެހައި ފަރުނީޗަރާއި ތަކެތި ހިރަފުސްފޮޅައި ސާފުކޮށް މުވައްޒަފުންގެ މަސައްކަތަށް ދަތިނުވާނެހެން މޮޕްޖަހައި ތަރުތީބުކުރުން.

1.5          ގޯތިތެރޭގެ ހިރަފުސްބޯ ސަރަހައްދުތަކަށް ފެންޖަހައި ގަސްތަކަށް ފެންދިނުން.

1.6          އެމީހަކަށް ޙަވާކުރެވޭ އިމާރާތްތަކުގައި ފެންލާންޖެހޭ ކޫލަރުތަށް ސާފްކޮށް ބޯފެން އަޅާފައި ބެހެއްޓުން.

1.7          ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެން.

1.8          ޕްލޭ އޭރިޔާގެ ސްލައިޑްތަކާއި ދަރިވަރުން ކުޅުމަށް ބޭނުންވާ އެންމެހާތަކެތި ޗެކްކޮށް އެއްވެސް ހަޑިޔެއްވާނަމަ ދޮވެ ސާފްކުރުން.

1.9          ޙަވާލުކޮށްފި ހިނދެއްގައި، ސެޝަން ނިމުން ދިދަތިރިކޮށް ރައްކާކުރުން.

1.10       ކިޔަވައިދޭ ރަސްމީ ދަންފަޅީގައި ދަރިވަރުންގެ ފާޚާނާއާ ކައިރި ހިސާބެއްގައި ކޮންމެވެސް އެއް މަސައްކަތު މީހަކު މަޑުކުރުން.

1.11       ސެޝަން ނިމުމުން މުވައްޒަފުންގެ ފާޚާނާ އަދި ދަރިވަރުންގެ ފާޚާނާތަށް ރަނގަޅަށް ރީތިކޮށް ވަސްނުހުންނާނެހެން ސާފުކުރުން. އަދި ޑިޔުޓީގަ ދޭތެރެދޭތެރެއިން ފާޚާނާގެ އާއްމު ސާފުތާހިރުކަން ބަލާ ރަނގަޅު ކުރަންޖެހޭނަމަ ރަނގަޅުކުރުން.

1.12       ޙަވާލުކޮށްފައިވާ އިމާރާތެއްގައި ބޮތްކެއް އަނދާފައިވާނަމަ ވަގުތުން ބޮކި ބަދަލުކުރުން

  1. 2.          ހަފްތާއަކު އެއްފަހަރު ކުރަންޖެހޭ ކަންތައް

2.1          ޙަވާލުކުރެވިފައިވާ ކުލާސްތަކާއި އެހެނިހެން ތަންތާގެ ދޮރުތަކާއި ، ދޮރުފަތްތަކާއި ބިއްލޫރިތަކާއި ފަންކާތަކާއި ކަބަޑުތައް ސާފުކުރުން. އަދި ފެންފޮތި ލައި ސާފްކުރަންޖެހޭ ތަންތަން ސާފުކުރުން. ބިއްލޫރި ސާފުކުރަންވާނީ ސާފުކުރަން ބޭނުން ކުރާ ކެމިކަލް ބޭނުން ކޮށްގެންނެވެ.

2.2          ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ ޑެސްކުތަކާއި ފަންކާތަކާއި ލައިޓްތައް ޗެކްކޮށް މަރާމާތަށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު ވެރިއަކަށް ދިނުން.

2.3          ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ މަކުނުވާތައް ފޮޅުން

2.4          މިސްކިތު އިސްކުރުބަރިއާއި އަތްދޮވުމަށް ހަރުކުރެވިފައިވާ ތަށިތަކާއި ސިންކުތަކާއި އިސްކުރުތަށް ދޮވެ ސާފްކޮށް ބެލެހެއްޓުން

  1. 3.          މަހަކު އެއްފަހަރު ކުރަންޖެހޭ ކަންތައް

3.1          ޙަވާލުކުރެވިފައިވާ އިމާރާތްތަކުގެ އޭ.ސީތަކާއި ދިޔަދޮވިތައް ސާފުކުރުން

3.2          ޙަވާލުކުރެވިފައިވާ އައުޓްޑޯރ ލައިޓްތައް ސާފުކޮށް ބެލެހެއްޓުން

3.3          ޙަވާލުކުރެވިފައިވާ އިމާރާތްކުގައާއި ގޭޓުގެ ތަޅުތަކާއި، ތަންޑާއި އަދި ހުޅުފަތްތަކަށް ތެޔޮޖަހާ ސާފުކުރުން

3.4          ޙަވާލުކުރެވިފައިވާ ސަރަޙައްދުތަކުގައިވާ ގަސްތަށް ބޯ ނުޖެހޭވަރަށް ކޮށާ ބެލެހެއްޓުން

  1. 4.          އަހަރަކު އެއްފަހަރު ކުރަންޖެހޭ ކަންތައް

4.1          ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ ކޮރިޑޯރ ތަޅުންގަނޑު ފެންޖަހާ ދޮވެސާފުކުރުން

4.2          ސްކޫލުގެ ހުރިހާ އިމާރާތްތަކުގައިވާ ޑެސްކްތަކާއި، މޭޒްތަކާއި ގޮނޑިތައް ދޮވެ ސާފްކުރުން

4.3          ވޯކްވޭގައި އަތުރާފައިވާ ގާތަށް ދޮވެ ސާފްކުރުން

4.4          ޙަވާލުކުރެވިފައިވާ އިމާރާތްތަކުގެ ދޮރުފޮތި ދޮވުން

  1. 5.          އެހެނިހެން ކަންތައް

5.1          ރަސްމީ ގަޑިތައް ފިޔަވާ ސްކޫލުގައި ހިންގާ އެހެނިހެން ކަންކަމުގައި އަންގައިފިނަމަ ކަނޑައެޅިފައިވާ ގަޑިތަކަށް ޙާޟިރުވުން.

5.2          ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮ ގޮތުގައި ބޭނުން ކުރެއްވުމާއި އެތަކެއްޗަށް ގެއްލުމެއް ނުދީ ބެލެހެއްޓުން.

5.3          ޒަރޫރީ ބޭނުމެއް ދިމާވެގެން ބޭރަށް ދުރުވާން ޖެހިއްޖެ ޙާލަތެއްގައި ޙަވާލުވެ ހުންނަވާ ސްޕަވައިޒަރުގެ ހުއްދަ ހޯދައި، ބޭރަށް ދުރުވާ ފޮތުގައި ބޭރަށް ދުރުވާ ސަބަބު ބަޔާންކުރައްވައި ލިޔުއްވައި ސޮއިކުރެއްވުމަށްފަހު ބޭރަށް ދުރުވުން.

5.4          ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުން އަދި ޙަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާއި ބެހޭ މައުލޫމާތު ސްޕަވައިޒަރަށް ދިނުން.

5.5          ބޭއްވޭ ބައްދަލުވުންތަކާއި ޖަލްސާތަކާއި އެހެނިހެން ހަރަކާތްތަކަށް ހޯލާއި ކްލާސްރޫމްތައް ތައްޔާރުކުރުމާއި އެހަރަކާތެއް ނިމުމުން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަލުން ރޭވުން.

5.6          ރަށުގެ ފިހާރަތަކުންނާއި، އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ސްކޫލަށް ގެނައުން.

5.7          މަސައްކަތު މުވައްޒަފެއް ސަލާމުގައި ނުވަތަ ޗުއްޓީއެއްގައި ހުންނަ ދުވަހެއްނަމަ އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަޑައެޅިފައިވާ އުޞޫލުން ކުރުން.

5.8          އޮފީސްތަކަށާއި، އަމިއްލަފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ރައްދުކުރުން.

5.9          ސްކޫލު ގޯތިތެރޭގަ ކުނިވާޒާތުގެ ނުވަތަ ފެންހަރުލާގޮތަށް އެއްޗެއް ހުރިހަމަ ވަގުތުން އެކަމެއް ޙައްލުކުރުން.

5.10       ސްކޫލުގަ ކުރިއަށްދާ ޚާއްޞަ ޙަރަކާތްތަކުގައާއި މަސައްކަތްތަކުގަ ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

5.11       ކުލާސްރޫމްތަކުގައި ދިމާވާ ކަމަކާއި ގުޅިގެން އިދާރާއިން ނުވަތަ މުދައްރިސުން އެދިލައްވާ ގޮތެއްގެމަތިން އަވަސް އެހީތެރިކެމެއް ދިނުން.

5.12       ޙަވާލުކުރެވިފައިވާ އިމާރާތްތައް ފޮޅާ ސާފްކުރުމުގައި އެ އިމާރާތެއްގެ އެންމެހާ އިލެކްޓްރޯނިކް އެކުއިޕްމަންޓްއަށް ރައްކާތެރިވުން

5.13       ދުވާލުގެ ކުނިކެހުމާއި އެފަދަ އާންމު މަސައްކަތްތައް ނިމުމުން މަސައްކަތު މުވައްޒަފުން ތިބުމަށް ކަނޑައެޅޭ ސްޓޭޝަނުގައި މަޑުކުރުން.

5.14       އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެގުން

 

ނުވަތަ

 

މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ކުނިކަހާ ފޮޅާ ސާފު ކުރުމާއި މެއިންޓަނެންސް މަސައްކަތްތައް

ލިޔެކިޔުން ބެހުމާއި އިމާރާތާއި މުދާ ބެލެހެއްޓުމާއިގުޅޭ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

  • މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2026 ޖުލައި 28 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ކުރިން، ތުރާކުނު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނީ، 02 އޮގަސްޓް 2026 އާއި   13 އޮގަސްޓް 2026  އާ ދެމެދު، ތުރާކުނު ސްކޫލްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500547 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

19 ޖުލައި 2026