ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B2/422/2026/33
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 23 ޖުލައި 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަރުކަޒީ ޤާނޫނުން ލާޒިމްކޮށްފައިވާ ޖުލައިމަހުގެ ބައްދަލުވުން

                 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ޖުލައި މަހުގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ބައްދަލުވުމުގެ އެޖެންޑާ:

1-      ފާއިތުވެދިޔަ 6 މަސް ދުވަހުގެ ރިޕޯޓާއި މާލީ ޚަރަދުތައް ހުށަހެޅުން.

2-      މިއަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ކުރިއަށް ރޭވިފައިވާ ހަރަކާތްތަކަށް އަލިއަޅުވާލުން.

3-      ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުއެރުވުން.  

              ވީމާ، ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. ރަށުގެ ތަރައްޤީއާއި ކައުންސިލްގެ ހިންގުމާ ގުޅޭ މުހިންމު މަޢުލޫމާތުތައް އޮޅުންފިލުއްވުމަށް ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމަށް ވަޑައިގެންދެއްވުމަށް ދައުވަތު އަރުވަމެވެ.

                               މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.  

19 ޖުލައި 2026