ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)178-AP/1/2026/8
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 18 އޮގަސްޓް 2026 23:59
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
އަދަބީ އުފެއްދުންތައް ފާސްކުރާ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓަރީވުމާ ގުޅޭ

         މި ބިއުރޯއިން އެކުލަވައިލައިފައިވާ "އަދަބީ އުފެއްދުންތައް ފާސްކުރާ ފަރާތްތަކުގެ ދަފުތަރު" އެކުލަވައިލުމާ ގުޅޭ އުސޫލެއް ހެދުމުގެ މަސައްކަތް މި ވަގުތު ކުރަމުންދާތީ ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑައިލައިފައިވާ ވާހަކަ ދަންނަވަމެވެ.

         ވީމާ، އުސޫލު އެކުލަވައިލުމުގެ މަސައްކަތް ނިންމައި އާންމުކުރުމުން، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެ އުސޫލުގައިވާ ގޮތުގެ މަތީން އަލުން ހުޅުވައިލާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

19 ޖުލައި 2026