ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)252/252/2026/107
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 30 ޖުލައި 2026 12:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް ( ބަނދަރު )

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް ( ބަނދަރު ބަލަހައްޓާ )

މަޤާމުގެ ނަންބަރު:

J-397587

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓުރެކްޓް/01 އަހަރު

މަޤާމުގެ ރޭންކު:

ޕަބްލިކް ސާރވިސް ރޭންކް 1 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ / ޓްރާންސްޕޯރޓް އެންޓް ޕަބްލިކް ސަރވިސް ޔުނިޓް

މުސާރަ:

މަހަކު 7700.00  ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު  2310.00 ރުފިޔާ ( 1 ވަނަ ހަރުފަތް )

އެހެނިހެން އެލަވަންސް:

* ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

* ހާޟިރުވާ ކޮންމެ ދުވަހަކަށް  60.00ރުފިޔާ.

* ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަނދަރަށް ވަންނަ އުޅަނދުތަކަށް ބަނދަރުން ޖާގަ ހަމަޖެއްސުން
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބްދާރީވުން.
  3. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  4. އުޅަނދުތައް އަޅަނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައިކަން ކަށަވަރުކުރުން
  5. ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އުޅަނދުތަކަށް ބަނދަރުން ފެން އަދި ކަރަންޓް ދޫކުރުން
  6. ބަނދަރު ސަރަޙައްދު އަދި ބަނދަރުގެ އެތެރެ ރަނގަޅަށް ސާފުކުރެވިފައިވޭތޯ ކަށަވަރުކުރުން
  7. ބަނދަރު ސަރަޙައްދުގައި ޖަހާފައިވާ މަޢުލޫމާތު ބޯޑުތަކާއި އެހެނިހެން ލިޔުންތައް އާކުރަންޖެހޭނަމަ އެކަން ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން
  8. އުޅަނދުތަކަށް މުދާ އަރުވާ ބާލާއިރު، ބަނދަރު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިނުވާނެހެން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  9. އުޅަނދުތަކަށް މުދާ އަރުވާ ބޭލުމަށްފަހު، އެ ސަރަޙައްދު ރަނގަޅަށް ސާފުކުރުވުން
  10. މަސްމާރުކޭޓު ސަރަޙައްދުގެ ސާފުތާހިރުކަން ކަށަވަރުކުރުން
  11. ތޮށިގަނޑުމަތީ އެއްވެސް ސަރަޙައްދެއްގައި މަސްކަނޑާނަމަ އެކަން މަނާ ކުރުން އަދި ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް އެކަން ގެނައުން
  12. ބަނދަރު ސާފުކުރާ މަސައްކަތު މީހުންނާއެކު ޓީމެއްގެ ގޮތުގައި ބަނދަރު ސަރަޙައްދު ސާފުތާހިރު އަދި ހިތްގައިމު ތަނަކަށް ހެދުމަށް މަސައްކަތްކުރުން
  13. ބަނދަރުގެ ޤަވާއިދާއި ޚިލާފްވާ ފަރާތްތަކަށް ރީތިގޮތުގައި ނަސޭޙައްތެރިވުން، އަދި އެކަމެއް ތަކުރާރުވާނަމަ ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން
  14. ފަޅުގެ އަނގަމަތީގައި ދޮންވެލި ޖަމާވަމުންދާކަން ބަލާ ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް އެކަންގެނައުން
  15. ބޭރުތޮށިން އަރާ ރާޅުތަކާއެކު ވެއްޓޭގާތަކާއި ހިލަތައް ނެގުމުގެ ކަންތައްތައް ޔުނިޓްގެ ވެރިޔާގެ ލަފާގެ މަތިން ހައްލުކުރުން
  16. ނެރުބައްތި އަދި ބަނދަރުގެ މަގުބައްތިތަކުގެ މައްސަލައެއް ޖެހިއްޖެނަމަ ވަގުތުން ޔުނިޓްގެ ވެރިޔާއަށް އަންގާ އެކަންހައްލުކުރުމަށް މަސައްކަތް ކުރުން
  17. މަސްމާރުކޭޓުން މަސްކެނޑުމުގެ އިންތިޒާމް ހަމަޖެއްސުން
  18. މަސްމާރުކޭޓުގެ ފެނާއި ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުން
  19. ޔުނިޓް އަދި ސެކްޝަންގެ ވެރިން އަންގާ ބަނދަރާއި ގުޅުންހުރި އެންމެހާ ކަންތަށް ކުރުން

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 ނެތް

ޕްރެފާރޑް ޑިސިޕްލިން:

ނެތް

ކޯޑިސިޕްލިން :

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ފޮޅާ ސާފުކުރުން

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

%50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

%5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

%5

އިންޓަރވިއު 

%40

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ.

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ގެ 12:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ، 03 އޮގަސްޓް 2026 އާއި 15 އޮގަސްޓް 2026 އާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500023 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

19 ޖުލައި 2026