މަސައްކަތް
ނަންބަރު: (IUL)142-A5/142/2026/157
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 20 ޖުލައި 2026 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
ހުޅުމާލޭގައި ބިނާކުރާ އައިކޯނިކް މިސްކިތް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމުގެ ސައިޓް އެނަލައިސިސް ހަދައިދޭނެ ފަތާރެއް ހޯދުން

އިޢުލާން

ހުޅުމާލޭގައި ބިނާކުރާ އައިކޯނިކް މިސްކިތް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމުގެ ސައިޓް އެނަލައިސިސް ހަދައިދޭނެ ފަތާރެއް ހޯދުން

ހުޅުމާލޭގައި ބިނާކުރާ އައިކޯނިކް މިސްކިތް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމުގެ ސޮއިލް އެނަލައިސިސް، ވޯޓަރ ޓެސްޓިން އަދި ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ހަދައިދޭނެ ފަތާރެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

 

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ޖުލައި 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.  

https://forms.office.com/r/e8bjDtkYsN

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 ޖުލައި 22 ވާ ބުދަ ދުވަހުގެ 13:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ  30202523020261  ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 ޖުލައި 2026