ދިވެހިރާއްޖެ
މ.މަޑުއްވަރީ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި އިތުރުކޮށް ޤުރުއާން އުނގެނޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފައްދައި ތަޖުވީދު ހަމަތަކުގެ މަތިން ތަރުތީލަކޮށް ކިޔެވުމުގެ ޝައުޤުވެރިކަން އާލާކުރުމާއި، ދީނީ ރޫޙު އަށަގެންނެވުމާއި އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ވާދަކޮށް ރަށަށް ރީތި ނަން ހޯދައިދެވޭ ފަދަ ފަރާތްތަކެއް އުފެއްދުމުގެ މަޤްޞަދުގައި މިކައުންސިލުން ބާއްވާ މި ކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތް 14 އޮގަސްޓް 2026 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 04 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރުއްވުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް ރަސްމީގަޑީގައި މިއިދާރާއިން ލިބެންހުންނާނެވެ. އަދި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް މިއިއުލާނާއި އެކު އާންމުކުރެވިފައިވާނެއެވެ. ފޯމް މެއިލް ކުރައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އޮންލައިންކޮށް ފޯމް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އަންނަނިވި ލިންކް ބޭނުންކުރެއްވުން އެދެމެވެ.
ލިންކް : https://forms.fillout.com/t/boU1XuiKHhus