ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392/392/2026/44
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:49
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ޖުލައިމަހުގެ ރައްޔިތުންގެ ބައްދަލުވުން

             ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 7/2010 ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ބޭއްވުމަށް ލާޒިމުކުރާ ޖުލައިމަހުގެ ރައްޔިތުންގެ ޢާންމު ބައްދަލުވުން 2026 ޖުލައި 28 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި ވޭމަންޑޫ އަޙްމަދު ޙުސައިންދީދީ ތަމްރީން މަރުކަޒުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ރަށުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

 

މި ބައްދަލުވުމުގެ އެޖެންޑާ:

 

        * 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ހިއްސާކުރުން.

        * ރައްޔިތުންގެ ހިޔާލު ހޯދުމާއި، ސުވާލުތަކަށް ޖަވާބު ދިނުން.

 

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 ޖުލައި 2026