ދިވެހިރާއްޖެ
2026 ސެޕްޓެމްބަރު 29 އަދި 30 ގައި، މުމްބާއިގެ ގްރޭންޑް ހަޔަޓް - އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ، އިންޑިޔާގެ މީޑިއާ އަދި އެންޓަރޓެއިންމަންޓް ސިނާއަތުގެ އެންމެ ބޮޑު އަހަރީ ކޮންވެންޝަން FICCI FRAMES ގެ 26 ވަނަ އެޑިޝަންގައި ދިވެހިރާއްޖޭގެ މީޑިއާ އެންޑް އެންޓަރޓެއިންމަންޓް އިންޑަސްޓްރީގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
FICCI FRAMES 2026ގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަންކަމަކީ:
- މީޑިއާ އަދި އެންޓަރޓެއިންންމަންޓް ސިނާއަތުގެ އިސްވެރިންނާއި ގުޅުން ބަދަހިކުރުމުގެ ފުރުސަތު
- ކޮންފަރެންސް، މާސްޓަރ ކްލާސްތަކާއި އަދި ބިޒްނަސް ނެޓްވާކިންގ ސެޝަންތައް
- ކޮންޓެންޓް ލައިސެންސިންގ، ކޮ-ޕްރޮޑަކްޝަން އަދި ޕާޓްނަރޝިޕް ފުރުސަތުތައް
- އެނިމޭޝަން، VFX، ގޭމިންގ، XR އާއި ޑިޖިޓަލް މީޑިއާ، ދާއިރާގެ އާ ފަންނީ ތަރައްޤީތަކާއި ފުރުސަތުތައް ދެނެގަތުމުގެ ފުރުސަތު.
ވީމާ، ރާއްޖޭގެ މީޑިއާ، ފިލްމު، ޓެލެވިޜަން، ޑިޖިޓަލް ކޮންޓެންޓް، އެނިމޭޝަން، ގޭމިންގ އަދި ކްރިއޭޓިވް ސިނާއަތްތަކާއި ގުޅޭ ފަރާތްތަކުގެ ތެރެއިން މި ކޮންވެންޝަނުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، [email protected] އީމެއިލް ކުރެއްވުން އެދެމެވެ. މި ކޮންވެޝަނާއި ގުޅޭ އިތުރު މަޢުލޫމާތު www.ficci-frames.com އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން މި އިވެންޓާއި ގުޅޭ މަޢުލޫމާތު ހިމެނޭ ކަރުދާހެއް މި އިޢުލާނާއިއެކު ހިމަނާލެވިފައިވާނެއެވެ.