ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2026/48
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 06 އޮގަސްޓް 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތިތަކާއި ކައުންސިލުން ބަލަހައްޓަން ޖެހޭ އިމާރާތްތަކުގެ ކަރަންޓާއި ގުޅުންހުރި މަސައްކަތް މަރާމާތްކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުން ވެއްޖެ

މަގު ބައްތިތަކާއި ކައުންސިލުން ބަލަހައްޓަން ޖެހޭ އިމާރާތްތަކުގެ ކަރަންޓާއި ގުޅުންހުރި މަސައްކަތް މަރާމާތްކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުން ވެއްޖެ.

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މައުލޫމާތު ސާފުކުރުން:     30 ޖުލައި 2026 ވަނަ ދުވަހު 13:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން:06 އޮގަސްޓް 2026 ވަނަ ދުވަހު 13:00 ގައި

 

މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް:

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7916100،6820020 އަށް ގުޅުއްވުން އެދެމެވެ.

16 ޖުލައި 2026