ޢާންމު މަޢުލޫމާތު
ނަންބަރު: B12C-B1/[IUL]/2026/98
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 16 ޖުލައި 2026 09:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓަށް ޙާޟިރުވުމަށް

މ. ކޮޅުފުށި، ސަތަރުގެ، މުޙައްމަދު ރަޝީދު އިސްމާޢީލް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު A221310) އަކީ މި ކޯޓަށް ހުށަހެޅި ބަލަމުންގެންދާ ނަންބަރު 130/B12C/2026 (ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މައްސަލަ) ޤަޟިއްޔާއާ ގުޅިގެން، މި ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ކޯޓަށް ޙާޟިރުކުރެވިފައިނުވާ ފަރާތެކެވެ.

ވީމާ، 16 ޖުލައި 2026 މި ދުވަހުގެ 09:00 އަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް މ. ކޮޅުފުށި، ސަތަރުގެ، މުޙައްމަދު ރަޝީދު އިސްމާޢީލް އަށް އަންގަމެވެ. އަދި މިދެންނެވި ތާރީޚާއި ގަޑިއަށް މުޙައްމަދު ރަޝީދު އިސްމާޢީލް މި ކޯޓަށް ހާޟިރުނުވެއްޖެނަމަ، ނުވަތަ އެ ތާރީޚާއި ގަޑިއަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވެފައިނުވާނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީ ކަމަށް ބަލައި، މުޙައްމަދު ރަޝީދު އިސްމާޢީލްގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަންވެސް އަންގަމެވެ.

15 ޖުލައި 2026