ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2026/28
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 27 ޖުލައި 2026 21:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

ރައްޔިތުންގެ ބައްދަލުވުން

 

ޤާނޫނު ނަމްބަރު:  7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން، 27 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ގޮމަވަތީގައި އޮންނާނެއެވެ.

މިބައްދަލުވުމުގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ:

1-    2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި މަސައައްކަތު ތާވަލު ހުށަހެޅުން.

2-    2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި މަސައައްކަތު ތާވަލާ ގުޅޭގޮތުން ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބުދިނުން.

ވީމާ، މިބައްދަލުވުމަށް ވަޑައިގެން ދެއްވުމަށް ނިލަންދޫގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

 

01 ޞަފަރު 1448

15  ޖުލައި 2026

16 ޖުލައި 2026