ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2026/17
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 29 ޖުލައި 2026 00:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ އަތިރިމަތިން ރަފީޤީ ހިގުމާއި އިތުބާރުމަގާއި ދެމެދުގައި ހުރި ރުއްތަކާއި، ފަސްގަނޑުގައި ހުރި ރުއްތައް ކުއްޔަށް ދޫކުރުމާއި ބެހޭ

ރަތަފަންދޫ ބީޗްރޯޑުމަގުގެ އަތިރިމަތިން ރަފީގީ ހިގުމުން ފެށިގެން އިތުބާރުމަގާއި ހަމައަށް އަދި ފަސްގަނޑުގައި ހުރި ރުއްތަކާ އެކު ނޫދަވާދުން ނަންބަރ 1 އިން 103 އަށް ނަމްބަރު ޖަހާފައިވާ 103 ރުއް 1 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.  

ވީމާ ، މިރުއްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން  29 ޖުލައި 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ރަތަފަންދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދި، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. އަންދާސީ ހިސާބުގައި ކޮންމެ މީލާދީ މަހަކަށް ރުކަކަށް ދޭނެ އަގު ވަކިން އެގެން އޮންނަން ވާނެއެވެ.

                އިތުރު މަޢުލޫމާތު ސާފު ކޮށްލުމަށް ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840025 އާއި ގުޅުއްވުމުން ސާފުވެވަޑައި ގަންނަވާނެއެވެ. 

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް :

1-      ރަޖިސްޓްރީ ވެގެން ހިންގާ ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީފީ ދެއްކި ރަސީދު ގެ ކޮޕީ

2-      ކޮމްޕެނީގެ ޕްރޮފައިލް .

3-      އަމިއްލަ ފަރުދެއްނަމަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ގެ ކޮޕީއަކާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

ނޯޓް : ރުއްތައް ޙަވާލު ކުރުމުގައި އިސްކަންދޭނީ އެންމެ ރަގަޅު އަގެއް ހުށަހެޅި ފަރާތަކަށެވެ. އެއް ފަރާތަށްވުރެ ގިނަފަރާތުން އެއް އަގެއް ހުށަހަޅާފައި ވާނަމަ އެފަރާތް ތަކުގެ މެދުގައި ގުރުވަތު ލައިގެންނެވެ.

16 ޖުލައި 2026