ދިވެހިރާއްޖެ
އިޢުލާން
|
ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ދޫކުރުމާއިގުޅޭ: |
ޖަނަވާރު ގެންގުޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޖަނަވާރު ގެންގުޅުމަށް ("5.'62*'40) ފޫޓްގެ 2 ބިން. (2500 އަކަފޫޓްގެ 2 ބިން).
ފޯމް ހުށަހެޅުން:
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފޯމް ހުށަހެޅުންވުން އޮންނާނީ 23 ޖުލައި 2026 (ބުރާސްފަތި) ދުވަހުގެ 11:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި، ފޯމް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ފޯމްތަކާއި، މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 22 ޖުލައި 2026 (ބުދަ) ދުވަހުގެ 14:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ[email protected] އަށް މެއިލްކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.