ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-A/327/2026/136
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:49
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ 10 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

ތާރީޚް: 15 ޖުލައި 2026

ނަންބަރ: (IUL)327-A/327/2026/136

              ބިޑުކޮމެޓީގެ ނިންމުން ޢާންމުކުރުން      

                        

ތިރީގައި އެވަނީ 15 ޖުލައި 2026 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2026 ވަނަ އަހަރުގެ 10 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 


  1. ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ޗެއާރ ޕާސަން ކަމަށް މުޙައްމަދު ފަޔާޟް އަލީ ކަނަޑައެޅުމަށް ނިންމުނު.
  2. ނައިފަރު ކައުންސިލަށް ހައިބެކް ޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2026/111 އިޢުލާނާއި ގުޅިގެން އިވެލުއޭޝަންއާ އެއްގޮތަށް އެންމެ ކުޑައަގު ހުށަހަޅާފައިވާ ފަރާތަށް އެވޯޑް ކުރަންފެންނަކަމަށް ނިންމުން.
  3. ޅ.ނައިފަރު މަސްމާރުކޭޓު ކުދިމަރާމާތުގެ މަސައްކަތްކޮށް މަސްމާރުކޭޓާއި މަސްމާރުކޭޓުގެ ވަށައިގެންވާ ސަރަޙައްދު ސާފުތާހިރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2026/103 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަން އިވެލުއޭޝަންއާ އެއްގޮތަށް އެންމެ ކުޑައަގު ހުށަހަޅާފައިވާ ފަރާތަށް އެވޯޑް ކުރުމަށް ފެންނަކަމަށް ނިންމުން.
  4. ނައިފަރު ކައުންސިލަށް ސާވޭ އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2026/106 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަން ހުށަހަޅާފައިވާ އަގަކީ ބަޖޭޓަށް ފެތޭ އަގަކަށްވެފައި ކަނޑައަޅާފައިވާ ސްޕެސިފިކޭޝަންއާ ދިމާވާތީ އިވެލުއޭޝަން ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެންމެ ކުޑައަގު ހުށަހަޅާފައިވާ ފަރާތަށް އެވޯޑް ކުރަންފެންން ކަމަށް ނިންމުން.
  5. ނައިފަރު ގަބުރުސްތާނުތައް 2 އަހަރުގެ މުއްދަތަށް ވިނަ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2026/93 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަން އިވެލުއޭޝަން އިސްލާޙްކުރުމަށްފަހު ދެންއޮންނަ ޖަލްސާއަކަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމުނު.
  6. ލިޔެފައިވާގޮތަށް ޔައުމިއްޔާ ފާސްކުރުމަށް ފެންނަކަމަށް ނިންމުން.
15 ޖުލައި 2026