ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-BS/430/2026/23
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 30 ޖުލައި 2026 00:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތަކަށް ފަނޑިޔާރުން ހޯދުން

ފަނޑިޔާރުންގެ ދަފުތަރު އެކުލަވައިލުން

 ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ އަދަބީ މުބާރާތްތަކުގެ ފަނޑިޔާރުކަންކުރާނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމަށް ޓަކައި ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ.

މި ދަފުތަރަކީ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ މި ފަދަ މުބާރާތްތަކަށް ފަނޑިޔާރުން އައްޔަނުކުރުމަށް ޓަކައި އެކުލަވައިލާ ދަފުތަރެކެވެ. ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށް ވެސް މި ދަފުތަރަށް ނަން ހުށަހެޅިދާނެއެވެ.

ފަނޑިޔާރުން ބޭނުންވާ އަދަބީ މުބާރާތްތަކަކީ:

      ހ. ވާހަކަދެއްކުމުގެ ގައުމީ މުބާރާތް

      ށ. މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތް

      ނ. ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތް

ރ. ޅެންހެދުމުގެ ގައުމީ މުބާރާތް

      ބ. އަތުލިޔުމުގެ ގައުމީ މުބާރާތް

 

ފަނޑިޔާރުން ހޮވުމުގައި ބަލާނީ އަންނަނިވި ކަންކަމަށެވެ.

  1. ތަޢުލީމީ ފެންވަރު (ތަޚައްސުސުވެފައިވާ ދާއިރާއަކުން ހާސިލުކޮށްފައިވާ ސަނަދުތައް)
  2. ފަނޑިޔާރުކަންކޮށްފައިވާ މުއްދަތު (އަދަބީ މުބާރާތްތަކުގެ ތެރެއިން ކުރިމަތިލާ ދާއިރާއަކުން މަދުވެގެން 3 މުބާރާތެއްގެ ފަނޑިޔާރުކަން ކޮށްފައިވުން.
  3. ދާއިރާގައި މަސައްކަތްކޮށްފައިވާ މުއްދަތު (ދަރިވަރުން ތަމްރީނުކުރުމާއި މީހުން ބިނާކުރުމާއި އެސް.އެސް.އީ އަދި އެޗް.އެސްއީ ކަރުދާސްތައް މާކުކުރުމާއި ދާއިރާގެ ޢިލްމީ ތަކެތި ތައްޔާރުކުރުން މީގެތެރޭގައި ހިމެނޭނެއެވެ.)
  4. ދާއިރާއިން ހޯދައިފައިވާ ކާމިޔާބީ

ފޯމު ހުށަހަޅާއިރު މަތީގައިވާ ކަންކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަންވާނެއެވެ. ފޯމު ހުށަހަޅާނީ https://forms.gle/k9M17P3cNnyKe6My9  އަށެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޖުލައި 30ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30އެވެ.

16 ޖުލައި 2026