ދިވެހިރާއްޖެ
ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ފުޓްސަލްދަނޑުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ
މިކައުންސިލުން ދޭ މަޢުލޫމާތާއެއްގޮތަށް މިރަށު ފުޓްސަލްދަނޑުގައި ކުރަންހުރި ތިރީގައި މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަހު މިއިދާރާއަށް ވަޑައިގެން ބީލަން/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " ބީލަންހުށަހަޅާފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަމުގައި ބައިވެރިވުމަށް 100.00ރ (ސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 15 ޖުލައި 2026 ވާ ބުދަދުވަހުގެ 11:00 ން 22 ޖުލައި 2026 ވާ ބުދަދުވަހުގެ 13:00 އާއި ދެމެދު ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/C4RMQ13rPf
މަޢުލޫމާތު ސާފުކުރުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލު ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނަންބަރާއެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި، ނޫމަރާ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުވާފަރާތްތަކުގެ ބީލަމާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލްގެ ޒަރީއާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި ހުށަހަޅުއްވަން ޖެހޭ ލިޔުންތައް ހުށަނާޅާ ބީލަންތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އައި.ޑީ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީއާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.