ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
(IUL)/RDC/RDC/2026/76 :ނަމްބަރު
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އާރް.ޑީ.ސީ) އަށް ކަސްޓަމްސް ބްރޯކަރެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ރާއްޖެއިން ބޭރުން އިމްޕޯޓްކުރާ މުދާ ކަސްޓަމްސް އިން ކްލިއަރކުރުމާއި، މާލެ ސަރަޙައްދުގައި އެ ކޯޕަރޭޝަނުން ކަނޑައަޅާ ވަކި ތަނަކަށް އެ ތަކެތި އުފުލައި، ގުދަންކޮށްދިނުމުގެ ޚިދުމަތް 2 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖުލައި 2026 (އަންގާރަ) ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް ([email protected])މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓަރ ކުރުމަށް އީމެއިލް ކުރަށްވާނީ ތިރީގައިވާ މައުލޫމާތު ޖެއްސެވުމަށްފަހުގައެވެ.
- އިއުލާން ނަންބަރ
- އިއުލާން ނަން
- ކޮމްޕެނީ ނަން
- ފޯނު ނަންބަރ
- އީމެއިލް އެޑްރެސް (ހަމައެކަނި 1 އީމެއިލް އެޑްރެސް ހިމަނުއްވާ)
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވަނީ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ރަޖިސްޓަރީ ފުރިހަމަކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވައި ފަރާތްތަކުން 20 ޖުލައި 2026 (ހޯމަ) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.
- އީމެއިލް: [email protected]
- މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު، ޖަވާބު އީމެއިލް މެދުވެރިކޮއް ފޮނުވޭނެއެވެ.
- ސުވާލުތަކުގެ ޖަވާބު ފޮނުވާނީ ހަމައެކަނި ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށެވެ.
- ތަކެތި/ޙިދުމަތުގެ ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 މި ކޯޕަރޭޝަންގެ މައި އޮފީހަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : [email protected]