ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/143
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 21 ޖުލައި 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

31

މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,793.19 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓް މުއްދަތު:

2 އަހަރު

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
    • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
    • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
    • ސްޓާފް ޖިމް ފެސިލިޓީ
    • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން، ބިޒްނަސް ޕްލޭން، އޮޕަރޭޝަނަލް ޕްލޭން އަދި އެކްޝަން ޕްލޭންތައް އެކުލަވައިލުމާއި ރިވިއުކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  2. ޔުނިވަރސިޓީގެ އިންސްޓިޓިއުޝަނަލް ޕަފޯމަންސް މެނޭޖްމަންޓް، ކޭ.ޕީ.އައި.، ސްޓްރެޓެޖިކް އޮބްޖެކްޓިވްތައް، އަދި އޮޕަރޭޝަނަލް ޕަފޯމަންސް މެޓްރިކްސް ތައް ތަރައްޤީކޮށް، މޮނިޓަރކޮށް، އިވެލުއޭޓްކޮށް، ރިޕޯޓްކުރުމުގައި އެހީތެރިވުން.
  3. ޕަފޯމަންސް ޑޭޝްބޯޑް، އަދި ސްޓްރެޓެޖިކް ކުރިއެރުން ދައްކާ ޕީރިއޮޑިކް ރިޕޯޓްތައް ތައްޔާރުކުރުން.
  4. ބިޒްނަސް ޑިވެލޮޕްމަންޓުން ތައްޔާރުކުރަން ޖެހޭ ފީސިބިލިޓީ ސްޓަޑީސްތައް، އަދި ކޭޝް ފްލޯ ޕްރޮޖެކްޝަންސް  ތައްޔާރުކުރުމުގައި އެހީތެރިވުން.
  5. ޔުނިވަރސިޓީއިން ކުރިއަށް ގެންދެވޭ ވިޔަފާރިތައް ފުޅާކުރުމުގެގޮތުން ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުމާއި އެކި ކަހަލަ ވިޔަފާރި / އިންވެސްޓްމެންޓް ފުރުސަތުތައް ހޯދުމުގައި އެހީތެރިވުން.
  6. ޔުނިވަރސިޓީއަށް އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެކިއެކި ފެކަލްޓީތަކާއި އަދި ކަމާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން މަޢުލޫމާތު ހޯދައި، ދިރާސާކޮށް، ރިޕޯރޓް ތައްޔާރުކުރުމުގައި އެހީތެރިވުން.  
  7. ދަރިވަރުންގެ ބިޒްނަސް އިންކިއުބޭޓަރ ޕްރޮގްރާމްތައް ރާވައި، ހިންގައި އަދި މޮނިޓަރކުރުމުގައި އެހީތެރިވުން.
  8. ޕޮލިސީ ޕޭޕަރު، ކޮންސެޕްޓް ނޯޓް، ބިޒްނަސް ކޭސް، ފަންޑިންގ ޕްރޮޕޯސަލް، އަދި މެނޭޖްމަންޓް ރިޕޯޓްތައް ތައްޔާރުކޮށް ސްޓްރެޓެޖިކް ނިންމުންތަކަށް އެހީތެރިވުން.
  9. އެކި ކަހަލަ އިޤްތިޞާދީ / ފައިނޭންޝަލް ރިޕޯޓްތައް މުރާޖަޢާކޮށް، އިންޑަސްޓްރިއަލް ރިސާރޗް އެނެލީސިސް ތައްޔާރުކޮށް، މަޢުލޫމާތު ފޯރުކޮށްދިނުން.
  10. ޔުނިވަރސިޓީގެ ފަރާތުން ބިޒްނަސް ޑިވެލޮޕްމަންޓުން އެކިއެކި މުއައްސަސާތަކާއި ގުޅިގެން ބާއްވާ އެންމެހައި ކަންކަން ކޯޑިނޭޓްކޮށް އިންތިޒާމްކުރުން.
  11. ސަސްޓެއިނަބިލިޓީ، އިނޮވޭޝަން، ޕާޓްނަރޝިޕް، އަދި އިންސްޓިޓިއުޝަނަލް ތަރައްޤީއާ ގުޅޭ ކްރޮސް-ފަންކްޝަނަލް ޕްރޮޖެކްޓްތައް ކޯޑިނޭޓްކުރުމުގައި އެހީތެރިވުން.
  12. ބިޒްނަސް ޑިވެލޮޕްމަންޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކާއި އެކު ވެވޭ އެގްރިމަންޓްތައް ޑްރާފްޓްކޮށް، އެ އެގްރިމަންޓްތައް ރިވިއުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  13. ބިޒްނަސް ޑިވެލޮޕްމަންޓުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  14. ބިޒްނަސް ޑިވެލޮޕްމަންޓާއި ގުޅުންހުރި ދުވަހުން ދުވަހުން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް، ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  15. ވިޔަފާރި އާއި ބެހޭ ޤާނޫނުތަކަށް އަހުލުވެރިވެ އަންނަ ބަދަލުތައް ކަމާގުޅޭފަރާތްތަކާއި ހިއްސާކޮށް ބިޒްނަސް ޑިވެލޮޕްމަންޓުގެ ބެލުމުގެ ދަށުން ހިންގާ ވިޔަފާރިތައް ޤާނޫނާ ޤަވާއިދާ އެއްގޮތަށް ހިނގާތޯ ޗެކްކޮށް ރިޕޯރޓްތައް ތައްޔާކުރުކޮށް މުތާލިއާކުރުން.
  16. ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރީގެ ބައިވެރިންނާއި، ދާއިރާގެ އިސް ފަރާތްތައް ހިމެނޭހެން ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ބަދަހި ގުޅުމެއް ގާއިމުކޮށް، އެ ގުޅުން ދެމެހެއްޓުން.
  17. ބަދަލުވަމުންދާ މާކެޓް ފުރުޞަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވިޔަފާރިއަށް މުހިންމު މަޢުލޫމާތާއި ލަފާ ފޯރުކޮށްދިނުން.
  18. ވިޔަފާރި ކުރިއެރުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ސީނިއަރ މެނޭޖްމަންޓާއި، ކަމާގުޅޭ ޑިޕާޓްމަންޓްތަކާއި ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ވިޔަފާރީގެ ދުރުރާސްތާ ތަޞައްވުރުތަކާއި ހައްލުތައް ހުށަހެޅުމަށް އެހީތެރިވުން.
  19. ވިޔަފާރީގެ ރޭވުންތަކަށް ކުރިއެރުންތަކެއް ގެނައުމަށްޓަކައި، ދުނިޔޭގެ ބާޒާރުގައި ހިނގާ ޓްރެންޑްތަކާއި އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތައް ދެނެގަތުމަށް އެހީތެރިވުން.
  20. ފެކަލްޓީތަކާއި، އެކަޑެމިކް އަދި އިދާރީ ޑިޕާޓްމަންޓްތަކާއި، ގުޅިގެން ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭންކިންގ އަދި ބެންޗްމާކިންގ ފްރޭމްވޯކްތަކަށް ބޭނުންވާ ޑޭޓާ ޖަމާކުރުން، ސައްހަކަން ކަށަވަރުކުރުން، އަދި ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  21. ބިޒްނަސް ޑިވެލޮޕްމަންޓުގެ ޕޮލިސީތަކާއި، ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް އެކުލަވައިލައި، އެއާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން ކަށަވަރުކުރުމަށް އެހީތެރިވުން.
  22. ޔުނިވަރސިޓީގެ ބިޒްނަސް ޑިވެލޮޕްމަންޓް ހަރަކާތްތައް ތައްޔާރުކުރުމުގައި އެހީތެރިވުން އަދި މަގާމާ ގުޅޭ އެހެން ހުރިހާ ވާޖިބެއް، ޑައިރެކްޓަރ ނުވަތަ ސީނިއަރ މެނޭޖްމަންޓުން އަންގާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 ޖުލައި 21 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2026-124

ނޯޓް:

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
    • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
15 ޖުލައި 2026