ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2026/043
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:20
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސްޕޯޓްސް އެކަޑެމީގެ ހަރަކާތްތައް އަލުން ފެށުމާއި ގުޅ

މި އިދާރާއިން އިންތިޒާމްކޮށްގެން ކުރިއައްގެންދާ ސްޕޯޓްސް އެކަޑެމީގެ ޙަރަކާތްތައް އަލުން ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. އެގޮތުން، އެކަޑެމީގެ ފަރިތަކުރުންތައް ކުރިއަށްދާނެ ގަޑިތަކާއި، ތާވަލުތަކާއި ގުޅޭގޮތުން ބެލެނިވެރިންނާ މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމަށް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުން އޮންނާނީ  19 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ""ފިޓްނެސް ރެކްރިއޭޝަން ސެންޓަރ" ގައެވެ.

 ވީމާ، ސްޕޯޓްސް އެކަޑެމީގައި ބައިވެރިވެފައިވާ ދަރިވަރުންގެ ބެލެނިވެރިން، އަދި އެކަޑަމީގެ ހަރަކާތްތެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދައުވަތު އެރުވީމެވެ. މި ބައްދަލުވުމަކީ އެކަޑެމީގެ ކަންކަން ރޭވުމުގައި އެންމެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ މުހިންމު ބައްދަލުވުމަކަށްވާތީ، ހުރިހާ ބެލެނިވެރިންވެސް ބައިވެރިވެވަޑައިގަތުމަކީ މި އިދާރައިގެ ވަރަށް ބޮޑު އެދުމެކެވެ.

15 ޖުލައި 2026