ބީލަން
ނަންބަރު: (I)288/2026/042
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 22 ޖުލައި 2026 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރީ ކައުންސިލަށް އެކްސްކަވޭޓަރ ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުން

މިލަދުންމަޑުލު ދެކުނުބުރީ ނ.ކުޑަފަރީ ކައުންސިލަށް އެކްސްކަވޭޓަރއެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދާން 2026 ޖޫން 28 ވަނަ ދުވަހުކޮށްފައިވާ މި އިދާރާގެ އިއުލާން ނަންބަރު I)288/2026/035) އިއުލާނުން މަސައްކަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ، މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން އަލުން އިއުލާނުކުރަމެވެ.

ބީލަމުގައި ބައިވެރިވުމަށް ތިރީގައިއެވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2026 ޖުލައި 22 ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.

  1. ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/Ue1nf

މަސައްކަތާއި ގުޅޭ މައުލޫމާތު ބައްދަލުވުން އޮންނާނީ 2026ޖުލައި 22 ވާ ބުދަ ދުވަހު މެންދުރު 13:00 ގައި މި އިދާރާގައެވެ. މި މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ 2026 ޖުލައި 28 ވާ އާދީއްތަ ދުވަހާއި ހަމައަށް އީމެއިލް [email protected]  ކުރައްވައިގެން އެ މައުލޫމާތެއް ސާފުކުރެއްވޭނެއެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2026 ޖުލައި 29 ވާ ބުދަ ދުވަހު މެންދުރު 13:00ގައި މި އިދާރާ ގައެވެ. އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

15 ޖުލައި 2026