ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2026/49
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި:
30 ޖުލައި 2026 12:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޮށިފިލާ ކުލާހަށް ޤުރްޢާން ކިޔަވަދެއްވާނެ މުދައްރިސަކު ހޯދުމާއި ގުޅޭ
އިޢުލާން
ވޮށިފިލާ ކުލާހަށް ޤުރްޢާން ކިޔަވަދެއްވާނެ މުދައްރިސަކު ހޯދުމާއި ގުޅޭ
މި ކޮމެޓީގެ ފަރާތުން ބޭބީ ނާސަރީ، ނާސަރީ، އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވޮށިފިލާ ކުލާހުގައި ކިޔަވައިދޭނެ ޤުރުއާން މުދައްރިސަކު ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ.
މަސައްކަތުގެ ތަފުސީލު:
- އުޖޫރަ: މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/60 ރުފިޔާ .
- ވަގުތު: ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޖުމްލަ 2 ގަޑިއިރު (މިގޮތުން ކޮންމެ ކުލާހެއް ކުރިއަށްދާނީ 1 ގަޑިއިރަށެވެ).
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ފޯން ނަންބަރު 6580028 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
15 ޖުލައި 2026