ތަމްރީނު
ނަންބަރު: MNU-CA-RG/2026/24
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 30 ޖުލައި 2026 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދެވަނަ ޓާމުގެ އިތުރު ކޯސްތަކަށް އިޢުލާން ކުުރުން

އިޢުލާން

 

 

2026 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 30 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

 

 

ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސް

1- ޑިޕްލޮމާ އިން އެގްރިކަލްޗުރަލް ސައިންސް (ފުލްޓައިމް) - ކ. މާލެ

2- އެޑްވާންސްޑް ޑިޕްލޮމާ އިން ފުޑް ސައިންސް (ފުޑް ސޭފްޓީ އެންޑް ކޮލެޓީ އެޝުއަރެންސް) (ފުލްޓައިމް) - ކ. މާލެ

3- ބެޗްލަރ އޮފް ސައިންސް އިން ފުޑް ސައިންސް (ފުޑް ސޭފްޓީ އެންޑް ކޮލެޓީ އެޝުއަރެންސް) (ފުލްޓައިމް) - ކ. މާލެ

  

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

 Application announcement 2026 - Term 2

 

 

15 ޖުލައި 2026