ނީލަން
ނަންބަރު: 552-A/2026/12
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 20 ޖުލައި 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިއުން ( ދެވަނަ ފަހަރަށް )

                                     

                                                                                                                                       ނަންބަރު: 552-A/2026/12  

އިޢުލާން

މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިއުން

 

                                    މިކޯޓުން  ކުރިން ކުރެވުނު އިޢުލާން ނަންބަރު: 11552-A/2026/ އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން ނީލަމުގައި މިތަކެތި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

                                   މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގެ އުޞޫލުން ނީލަން ކިއުން 20 ޖުލައި 2026  ވާ ބުދަ ދުވަހުގެ 14:00ގައި މި ކޯޓްގައި އޮންނާނެއެވެ.

                                   މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 19 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު މި އިޢުލާނާއެކު އެކުކަރުދާސްކުރެވިފައި ވާނެއެވެ.

                                   ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 20 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

                                   ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާ / މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް ގެ ބަނޑޭރިޕޯޓަލް https://bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު 23 ޖުލައި 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން  ތަކެތި ގެންދަންވާނެއެވެ.

އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓްގެ ނަންބަރު 6560648 ފޯނަށް ގުޅުއްވުން އެދެމެވެ.

15 ޖުލައި 2026