ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)120-D/120/2026/22
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 29 ޖުލައި 2026 10:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މި ޑިޕާޓްމަންޓަށް ބޭނުންވާ ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތަކީ ބީލަން ފޮތުގެ ސެކްޝަން 3 ގައި ބަޔާން ކޮށްފައިވާ ތަކެތި މި ޑިޕާޓްމަންޓްއަށް ސަޕްލައި ކޮށްދިނުމެވެ.
  4. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ޖުލައި 15 ން 2026 ޖުލައި 22 ގެ ނިޔަލަށްތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު: https://forms.gle/dw9eGkZxhih6gAcE9
  5. ބީލަން ހުށަހެޅޭނީ، ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  6. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖުލައި 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުރިން މި އިޢުލާނުގެ 9 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 29 ވާ ބުދަ ދުވަހުގެ 10:30 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ މއ. އިއްޒުއްދީން ބިލްޑިންގ 4 ވަނަ ފަންގިފިލާގެ ލޮޖިސްޓިކްސް ޔުނިޓް ގައެވެ.
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 3041395 އިން ލިބިވަޑައިގަންނަވާނެއެވެ.

01 ޞަފަރު 1448

15 ޖުލައި 2026

15 ޖުލައި 2026