ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/96
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 23 ޖުލައި 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މި އިޢުލާންވަނީ 16 ޖުލައި 2026 10:32 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޕްރޮޑަކްޝަން ޑިޕާރޓްމަންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

: އަސާސީ މުސާރަ

 4,500.00ރުފިޔާ

އިތުރު ޢިނާޔަތްތައް:

-  ސާރވިސް އެލަވަންސް: 2,700.00 ރުފިޔާ  (ބޭސިކް މުސާރައިގެ %60)

-  މިނިމަމް ވޭޖް އެލަވަންސް:  2,610.00ރުފިޔާ ( ބޭސިކް މުސާރައިގެ %58)

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ވެހިކަލް ދުއްވުމުގެ ލައިސަންސް އޮވެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

މިމަޤާމް އަދާކުރާފަރާތެއްގެ މަސްޢޫލިއްޔަތަކީ، ޑިޕާރޓްމަންޓްގެ ޑެއިލީ އޮޕަރޭޝަން މެދުނުކެނޑި ކުރިއަށްގެންދިއުމަށްޓަކައި އަދާކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތްތަކާއި ސެކްރެޓޭރިއެޓެއްގެ މަސައްކަތްތައް އެންމެފުރިހަމައަށް އަދާކުރުމުވެ.

އެގޮތުން އެކައުންޓިންގ ބޭނުމަށާއި ޕަރފޮރމަންސް ރިވިއު އަށް ބޭނުންވާ ދުވަހުން ދުވަހަށް ނިންމަންޖެހޭ ލިޔެކިޔުންތަކާއި މަހުންމަހަށް ނިންމަންޖެހޭ ލިޔެކިޔުންތައް ލަސްނުކޮށް ޤަވާއިދުން ނިންމައި އެފަރާތްތަކަށް ހުށަހެޅުމެވެ.

ޑެއިލީ ، މަންތުލީ އަދި އަހަރީ ރިޕޯރޓްތަކަށް ބޭނުންވާ މަޢުލޫމާތުތައް ސެކްޝަންތަކާއި ގުޅިގެން ހޯދައި ރިޕޯރޓް ތައްޔާރުކުރުން.

ޑެއިލީ ، މަންތުލީ އަދި އަހަރީ ރިޕޯރޓްތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ލަސްނުކޮށް ހުށަހެޅުން.

ސްޕަވައިޒަރުން އަދި މެނޭޖަރުން އަންގާގޮތެއްގެ މަތިން، އިތުރު އެނަލިސިސްއަށް ހޯދަންޖެހޭ މައުލޫމާތު ހޯދައި ފޯރުކޮށްދިނުން.

ޝިޕިންގ ޑޮކިއުމެންޓްސް ތައްޔާރުކޮށް ޤަވާޢިދުން، ލޮސްނުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ލިޔެކިޔުމުގެ މަސައްކަތްތައް:

މުވައްޒަފުންގެ ޗުއްޓީ، ހާޒިރީ އަދި އެހެނިހެން ކަންކަމާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް އެޗް.އާރުއަށް ޤަވާޢިދުން ފޮނުވުން.

ސްޕަވައިޒަރުން/މެނޭޖަރުން ހަވާލުކުރާ ލިޔެކިޔުމުގެ އެހެނިހެން މަސައްކަތްތައް ނިންމު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ ީ 23 ޖުލައި 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓްމިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

15 ޖުލައި 2026