ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)221/221/2026/16
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 08:57
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026 ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އާންމުކުރުން
މި އޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)221/221/2026/13 އިން 'ވޯޓްދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް'އަށް ޝަކުވާ ހުށަހެޅުމަށް ދެވުނު މުއްދަތުގައި އެއްވެސް ޝަކުވާއެއް ލިބިފައިނުވާތީ، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް މި އިޢުލާނާއެކު އާންމުކުރީމެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން ހަވީރު 16:00 އަށެވެ.
15 ޖުލައި 2026