ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2026/57
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:55
ސުންގަޑި: 28 ޖުލައި 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ "ނިޔަމި ކޯސް 2" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ގައްދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާއްތަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

 މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެ ނަން ނޯޓް ކޮށްދެއްވުން އެދެމެވެ. ނަން ނޯޓް ކުރުމުގެ އެންމެ ފަހު މުއްދަތަކީ 28 ޖުލައި 2026  ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

 އިދާރާ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 14:00 އަށެވެ. މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 9900297  ގުޅުއްވުން އެދެމެވެ.

           ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ޖުލައި 2026