ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)56-CAS/56/2026/34
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 04 އޮގަސްޓް 2026 11:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ޤައުމީކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ އެއާކޮންޑިޝަންތައް  އެއް އަހަރުދުވަހުގެ މުއްދަތަށް ސާވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް 20 މޭ 2026 ވަނަ ދުވަހު ކުރި ނަންބަރު - (IUL)56CAS/56/2026/16 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑް ޝަރުތުހަމަނުވާތީ އިޢުލާންވަނީ ބާތިލްކުރެވިފައެވެ. އެގޮތުން، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރުމަށާއި (ޕްރީ ބިޑް މީޓިންގ) އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

23 ޖުލައި 2026
(ބުރާސްފަތި)

11:00

ޤައުމީ ކުތުބުޚާނާ - މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް

ޝަހީދު ކުޑަ އާދަމުގެ ކުޑަތުއްތު ހިނގުން، މާލެ

ބީލަން ހުށައެޅުން

04 އޮގަސްޓް 2026
(އަންގާރަ)

11:00

ޤައުމީ ކުތުބުޚާނާ - މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް

ޝަހީދު ކުޑަ އާދަމުގެ ކުޑަތުއްތު ހިނގުން، މާލެ

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] ނުވަތަ 3007206/3007200 އަށް ގުޅުއްވުން އެދެމެވެ.                                            

14 ޖުލައި 2026