ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވާ ބައްދަލުވުމުގެ ދަޢުވަތު
މިކައުންސިލްގެ ނަމްބަރ: (IUL)272-ESMS/272/2026/69 (07ޖުލައި2026) އާއި ހަވާލާދީ ދަންނަވަމެވެ. ބައްދަލުވުން ބާއްވާ ތާރީޙް 29 ޖުލައި 2026 ވާ ބުދަދުވަހުގެ ރޭ 8:45 ގައި ބާއްވާ ގޮތައްވަނީ ބަދަލުކުރެވިފައެވެ.
މި ބައްދަލުވުމުގައި 2027 ވަނަ އަހަރަށް ކައުންސިލުން ލަފާކުރާ ބަޖެޓާއި 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ކައުންސިލުން ހިންގި ހަރާކަތްތަކުގެ ރިޕޯޓާއި މާލީ ރިޕޯޓް އަދި މެއި ޖޫން މަހުގެ ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާގޮތް ހުށަހެޅުން އޮންނާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލުން ކުރަމުންދާ މުޙިއްމު މަސައްކަތްތަކާއިބެހޭ މަޢުލޫމާތު ޙިއްޞާކޮށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުން އޮންނާނެ ވާހަކަ ދަންނަވަމެވެ. މި ބައްދަލުވުމަށް ނޫމަރާގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.